ސީޒަން ނިންމާލާނީ ރަނގަޅު ހިސާބެއްގައިއޮވެ: ޝޯލްޝާ
ވަރަށް އާދައިގެ ގޮތަކަށް މި ސީޒަނުގައި ފެންނަމުން އަންނަ މެންޗެސްޓާ ޔުނައިޓެޑް ސީޒަން ނިންމާލާނީ ރަނގަޅު ހިސާބެއްގައި އޮވެކަމަށް ކޯޗް ޝޯލްޝާ ބުނެފިއެވެ.
ކުޅުންތެރިންނަށް އަނިޔާވެ ކުޅުމައި ދުރުގައި ހުންނަން ޖެހުމަކީ ކޮންމެ ސީޒަނެއްގައިވެސް ހުރިހާ ކްލަބަކަށްވެސް ދިމާވާ މައްސަލައެއް ކަމަށައި މި ސީޒަނުގައި ޔުނައިޓެޑަށް އެ މައްސަލަ މާބޮޑަށް ކުރިމަތިވެފައިވާކަމަށްވެސް ޝޯލްޝާ ބުންޏެވެ.
މީޑިއާތަކައި ވާހަކަދައްކަމުން ޝޯލްޝާ އިތުރަށް ބުނީ ކުރިއަށްމިދާ ސީޒަނުގައި ޔުނައިޓެޑުގެ އަމާޒަކީ ޔޫރޯޕާ ލީގް އަދި އެފްއޭ ކަޕް ކާމިޔާބުކުރުން ކަމަށައި ލީގުގައި ރަނގަޅު ހިސާބެއްގައި އޮވެ ސީޒަން ނިންމާލުމަކީވެސް ކްލަބަށް މުހިންމުކަމެއް ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ.
ނިމިދިޔަ ޓްރާންސްފާ މާކެޓުގައި ޔުނައިޓެޑައި އަލަށް ގުޅުނު ބްރޫނޯ ފެނާންޑޭސް އަދި އޮޑިއޮން އިގާލޯ ކުރިއަށް އޮތް މެޗުތަކުގައި ފުރަތަމަ އެގާރައިން ފެންނާނެކަމަށް ގަބޫލުކުރެވޭއިރު މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފައިވާ ފޯވަޑް ރަޝްފޯޑް އަނިޔާއިން ރަނގަޅުވެ ކުޅުމަށް އެނބުރި އަންނަން އިތުރު މަހެއްވަރު ނަގާނެކަމަށް ބެލެވެއެވެ. ރަޝްފޯޑުގެ އިތުރުން އަނިޔާއަކައި ގުޅިގެން ސާޖަރީ ހަދާފައިވާ މިޑްފީލްޑާ ޕޮގްބާ ކުރިއަށް އޮތް ތިން ހަފްތާތެރޭ ކުޅުމުގައި ބައިވެރިވާނެކަމަށް ލަފާކުރެވެއެވެ.
ޔުނައިޓެޑްގެ މެދުތެރޭގައި މުހިންމުދައުރެއް އަދާކުރަމުން އަންނަ މެކްޓޮމިނޭވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައެވެ.
ޔުނައިޓެޑް ލީގު މެޗަކުން މޮޅުނުވެ މަހެއްވެފައިވާއިރު އެކްލަބް މިވަގުތު އޮތީ ތާވަލުގެ 8 ވަނައިގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް