އަދުހަމްއާއި އެކު ދައުލަތުން އިއުތިރާފްގެ އެއްބަސްވުމެއް ގާއިމްކޮށްފި
ހުޅުމާލޭގައި މަރާލެވުނު ޓެކްސީ ޑްރައިވަރ ގާސިމް މަރާލިކަމަށް ތުހުމަތުކުރެވިފައިވާ އަދުހަމް މުހައްމަދާއި އެކު ދައުލަތުން އިއުތިރާފްގެ އެއްބަސްވުމެއް ގާއިމްކޮށްފިއެވެ.
މިކަން ވަނީ މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ހުސައިން ޝަމީމް ހާާމަކުރައްވާފައެވެ.
ޝަމީމް ވިދާޅުވީ މި އިއުތިރާާފްގެ އެއްބަސްވުން ހަދާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 104 ވަނަ މާއްދާގެ ދަށުން ކަމަށެވެ. މިފަދަ މައްސަލަތަކުގައި އާންމު ގޮތެއްގައި އެންމެ ބޮޑު ހުކުމަކަށް އޮންނަނީ މަރުގެ ހުކުމް ނުވަތަ 25އަހަރުގެ ޖަލު ހުކުމެކެވެ.
ނަމަވެސް އަދުހަމާއިއެކު ގާއިމްކުރެވުނު އިއުތިރާފްގެ އެއްބަސްވުމުގެ ދަށުން އެ އަދަބު 17 އަހަރާއި ހަ މަސް ދުވަހަށް ލުއިކޮށްދޭން ނިންމާފައިވާ ކަމަށް ޝަމީމް ވަނީ ވިދާާޅުވެފައެވެ. މި އެއްބަސްވުން އޮތްކަމުގައިވިޔަސް، ގާސިމްގެ ވާރިސުން މަރުގެ އަދަބުދޭން ބޭނުންވެއްޖެ ހާލަތެއްގައި މަރުގެ އަދަބު ދޭނެކަަމަށް އެބޭފުޅާ ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ދަށުން މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި އަދުހަމް ވަނީ އެ ހާާދިސާ ހިނގައިިދިޔަ ގޮތް ކިޔައިދީފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް