N/A
N/A
ހަބަރު 12 Feb 2020 | 15:03

ސީރިޔާގެ ސްކޫލް ދަރިވަރުންނަށް އެހީވުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ރައްޔިތުންގެ ދީލަތި އެހީތެރިކަމާއެކު އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އިސްވެއޮވެ ތުރުކީގެ އައިއެޗްއެޗް އާއި އިނގިރޭސިވިލާތުގެ އޮލިވް ގްރޯވް ފައުންޑޭޝަންއާއި ގުޅިގެން ސީރިޔާގެ އިދްލިބްގައި ބިނާކުރި އަލޫކާ ސްކޫލުގައި ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިގޮތުން ވަކިވަކި ކުދިންނަށް ސްޕޮންސާކުރެވޭގޮތަށް ހުޅުވާލި މި ފުރުޞަތުގައި އެއް ބޭފުޅަކަށް އެއްކުޖަކަށް ވުރެ ގިނަ ކުދިންނަށްވެސް ސްޕޮންސާ ކުރުމަށް ފުރުޞަތު އެބައޮތްކަމުގައި އައިއޭސީ ފަރާތުން މަޢުލޫމާތު ދެއްވައެވެ. މި ސުކޫލުގައި ކިޔަވާ ކުއްޖަކަށް މަހެއްގެ މައްޗަށް ޚަރަދުވަނީ 700 ރުފިޔާއެވެ. މީގެއިތުރުން މިގޮތަށް އެހީތެރިވާ ދަރިވަރުގެ މަޢުލޫމާތާއި ކިޔެވުމުގެ ކަންކަން ހިނގާ ގޮތް އަންގައިދިނުމުގެ ގޮތުން ދެމަހުން އެއްފަހަރު ވީޑިއޯ އަދި ފޮޓޯގެ ޒަރީއާއިން އެހީތެރިވާ ފަރާތަށް ލިބޭގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

އަލޫކާ ސުކޫލުގައި ކިޔަވައިދެމުންދާ ކުދިންނަށް ސްޕޮންސާކޮށްދިނުމަށް ބޭނުންފުޅުވާ ފަރާތްތަކުން 7322112 ނަންބަރު ފޯނާ ގުޅައިގެން މަޢުލޫމާތު ސާފުކުރުމަށް އައިއޭސީގެ ފަރާތުން އެދިލައްވައެވެ.

17 މާރޗް 2019 ވަނަ ދުވަހު ރަސްމީކޮށް ހުޅުވާފައިވާ އަލޫކާ ސުކޫލުގައި 245 ދަރިވަރުން އަންނަނީ ތަޢުލީމު ހާޞިލްކުރަމުންނެވެ. މީގެ ތެރޭގައި ޔަތީމު ކުދިންނާއި، ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލި ބިކަހާލުގައި ޖެހިފައިވާ ފަޤީރު ކުދިން ހިމެނެއެވެ. މި ސުކޫލުގައި ޖުމްލަ 7 ކްލާސް ރޫމަކާއި އެކު ނަމާދު ކުރާނެ ކޮޓަރިއެއްވަނީ ހަދާފައެވެ. ހަމައެހެންމެ ކުދިން ކުޅެ އުޅެން ނިކުމެލާނެ ތަންކޮޅެއްވެސް ސުކޫލުގެ ތެރޭގައި ހިމަނާފައިވާކަމަށް އައިއޭސީގެ ފަރާތުން މަޢުލޫމާތުދެއްވައެވެ. އަލޫކާގައި ކިޔަވައިދެމުންދާ މާއްދާތަކުގެ ތެރޭގައި ހިސާބު، އިނގިރޭސި، ޕީ.އީ، ޕްރެކްޓިކަލް އާޓް، ޢަރަބި އަދި ޤުރުއާން ހިމެނެއެވެ. އިތުރަށް މަޢުލޫމާތުދެއްވަމުން އައިއޭސީން ބުނި ގޮތުގައި ކުދިން ޝައުޤުވެރިވާނެގޮތަށް ޒަމާނާ އެކަށީގެންވާ ޓެކްނޮލޮޖީގެ އެހީގައި އުނގަންނައި ދިނުމުގެ މަސައްކަތް އަލޫކާ ސުކޫލު ޕްރޮޖެކްޓް އިންތިޒާމް ކުރި ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިގޮތުން މިހާރުވެސް ހޮލޮގޯ އެޕް ބޭނުންކޮށްގެން ކްލާސްތަކުގައި އަންނަނީ ކިޔަވައިދެމުންނެވެ. މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދުނިޔޭގައި އެންމެ ފުރަތަމަ ކިޔަވައިދެމުން އަންނަ ސުކޫލުތެރޭގައި އަލޫކާ ސުކޫލުވެސް ހިމެނެއެވެ. އެ ހަމައެހެންމެ އެކި ކުދިންގެ ހުނަރުތައް ދެނެގަނެ އެކުއްޖެއް ޝައުޤުވެރިކަން ހުންނަ ދާއިރާއަކުން ކުރިއަށް ދިއުމުގެ ފުރުޞަތު ފަހިކޮށްދޭގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސްޕީޑް 100 އަށްވުރެ މަތީގައި ބަހައްޓައިގެން ޓިކްޓޮކް ކުޅުނު ސައިކަލު ޓޯވް ކޮށްފި
14 Oct 2026 ހަބަރު

ސްޕީޑް 100 އަށްވުރެ މަތީގައި ބަހައްޓައިގެން ޓިކްޓޮކް ކުޅުނު ސައިކަލު ޓޯވް ކޮށްފި

ސައިކަލުގެ ސްޕީޑް ގަޑިއަކު 100 ކިލޯމީޓަރަށްވުރެ މަތީގައި ބަހައްޓައިގެން ނުރައްކާތެރިކޮށް ދުއްވައި، ޓިކްޓޮކް ވީޑިއޯއެއް ހެދި މައްސަލައިގައި ހިމެނޭ ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޓޯވް ކޮށްފިއެވެ.

ތިލަމާލެ ބްރިޖުގެ އަދާހަމަ؛ ވިލިމާލެއާއި ގުޅިފަޅު ގުޅުވުމުގެ މަސައްކަތް މިމަހު ނިންމަނީ
14 Oct 2026 ހަބަރު

ތިލަމާލެ ބްރިޖުގެ އަދާހަމަ؛ ވިލިމާލެއާއި ގުޅިފަޅު ގުޅުވުމުގެ މަސައްކަތް މިމަހު ނިންމަނީ

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު، ޑރ. އަބްދުﷲ މުއްތަލިބް ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ވިލިމާލެއާއި ގުޅިފަޅާ ދެމެދުގައި ނުގުޅި އޮތީ އެންމެ ސެގްމަންޓެއް ކަމަށެވެ. ބުރިޖުގެ ތަނބުތައް ގުޅާލާ ކޮންމެ ސެގްމަންޓަކީ ގުޅިފަޅުގެ ސައިޓުގައި ޕްރީ ފެބްރިކޭޓްކޮށް ގެނެސް ހަރުކުރާ ބައިތަކެކެވެ. މި ބުރިޖުގެ ދިގުމިނަކީ ގާތްގަނޑަކަށް 750 މީޓަރެވެ.

އައްޑޫގައި ބާއްވާ "ބަލަދް ބަންގި މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
14 Oct 2026 ހަބަރު

އައްޑޫގައި ބާއްވާ "ބަލަދް ބަންގި މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އައްޑޫ ސިޓީގެ ދަރިވަރުންނާއި ޒުވާނުންނަށް އަމާޒުކޮށްގެން އަލް ބަލަދް ޖަމްޢިއްޔާއިން އިންތިޒާމްކުރާ "ބަލަދް ބަންގި މުބާރާތް -1 )2026(" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 11 އިން 12 އަށެވެ.

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު
14 Oct 2026 ހަބަރު

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު

ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނޭކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި
14 Oct 2026 ހަބަރު

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި

ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ )މެޓް އޮފީސް( އިން ހުދުސަމާލު ނެރެފިއެވެ.

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް
14 Oct 2026 ހަބަރު

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް

މާލޭގައި ހުންނަ ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސިއުލޭޓް ބަންދުކުރުމާ ގުޅިގެން، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ( އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ
14 Oct 2026 ހަބަރު

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލަށް ފޮއްޓެއް އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.