ވ އަތޮޅުން ފެނުނު ހަށިގަނޑު ވަޅުލައިފި
ވ އަތޮޅުން ފެނުނު ހަށިގަނޑުގެ ސާމްޕަލް ނެގުމަށްފަހު ވަޅުލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ވ އަތޮޅު ވެމްޕަރުފަޅު ހުޅަނގު-އުތުރު ކަނޑުން އިންސާނެއްގެ ހަށިގަނޑު ފެނިފައިވާކަމުގެ މައުލޫމާތު ފުލުހުން މީޑިއާ ތަކަށް ދީފައިވަނީ ޖަނަވަރީ މަހުގެ 2 ވަނަ ދުވަހުއެވެ.
އެ ސަރަަހައްދުން އިންސާނެއްގެ ހަށިގަނޑު ފެނިފައިވަނީ އާއްމުންގެ ބަޔަކަށް ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
އެ ހަށިގަނޑުގެ ފޮޓޯތައް އޭރު މީސްމީޑިއާގައި ދައުރުވެފައިވާއިރު، ފެންނަ ފެނުމަށް ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެ ފެން ވަނުމުގެ ސަބަބުން ފުޕިވެސްފައެވެ.
އެ މައްސަލަ އާއި ގުޅޭ އަދާހަމަ ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ހަށިގަނޑުން ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު މިހާރު ވަޅުލާފައިވާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް