އެމްޑީޕީއިން ފުވައްމުލަކު ސިޓީ ރައީސްގެ މަގާމަށް ބައި-އިލެކްޝަން ބާއްވަނީ
އެމްޑީޕީގެ ފުއައްމުލައް ސިޓީގެ ރައީސް މަޤާމް ހުސްވެފައިވާތީ އެމަޤާމަށް މެންބަރަކު އިންތިޚާބު ކުރުމަށް ބައި-އިލެކްޝަންއެއް ބާއްވަން ނިންމާފިއެވެ.
އެގޮތުން މި އިންތިޙާބު ބޭއްވިގެން ދާނީ 4 މާޗް 2023 ވާ ހޮނިހިރު ދުވަހު ކަމަށް އެޕާޓީއިން މިއަދު ނެރުން އިއުލާނެއްގައިވެއެވެ.
އެއާއިކު މި އިއުލާނުގައި ފުއައްމުލަކު ސިޓީގެ ރައީސް ކަމުގެ މަޤާމަށް ކުރިމަތިލާން ބޭނުންފުޅުވާ ޕާޓީގެ މެމްބަރުންނަށް ފޯމް ހުށައެޅުއްވުމަށް ހުޅުވާލައިފައި ވާކަމަށް ވަނީ ބުނެފައެވެ.
އަދި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު 16 ފެބްރުއަރީ 2023 ވަނަ ދުވަހުގެ 16:00ގެ ކުރިން ހުށައެޅުއްވުމަށް އެޕާޓީއިން ވަނީ އެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް