N/A
N/A
ދުނިޔެ 12 Mar 2023 | 05:59

ކޭޓް އާއި ސަލާމް ނުކޮށް އިހްތިރާމް އަދާކުރި އިމާމަކަށް ގިނަ ބައެއްގެ ތައުރީފު

އިނގިރޭސި ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑްލްޓަން އާއި އެކު އަތާއި އަތް ޖޯޑުކޮށް ސަލާމް ކުރަން އިންކާރުކޮށް އިހްތިރާމް އަދާކުރި ގޮތުން ގިނަ ބައެއްގެ ތައުރީފު އިނގިރޭސި ވިލާތުގެ މިސްކިތެއްގެ އިމާމަކަށް އަމާޒުވެއްޖެ އެވެ.

ނިމުނު ހަފްތާ ތެރޭގައި އިނގިރޭސި ޕްރިންސް ވިލިއަމް އާއި އޭނާގެ އަންހެނުން ކޭޓް ވަނީ، ތުރުކިޔޭ އަދި ސީރިޔާ ގެ ބިންހެލުމާއި ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް، އިނގިރޭސި ވިލާތުގައި ހުންނަ ހެއިސް މުސްލިމް ސެންޓަރުން ކުރިއަށް ގެންދާ ފަންޑް ރެއިޒިންގެ ކަންކަން ކުރިއަށްދާ ގޮތް ބެލުމަށްޓަކައި އެތަނަށް ޒިޔާރަތް ކޮށްފައެވެ.

ޕްރިންސް ވިލިއަމް އާއި ކޭޓް އަށް މަރުހަބާ ކިޔުމަށް އެ ސެންޓަރުގެ ބައެއް އިސް ފަރާތްތަށް ސެންޓަރުގެ ދޮރު ކައިރީގައި ތިބި އިރު، ޕްރިންސް ވިލިއަމްއާއި އެ އެންމެންވެސް ވަނީ ސަލާމްކޮށްފައެވެ.

އެއަށްފަހު، ކޭޓް ވެސް އެތަނުގައި އެމީހުންގެ އިސްތިގުބާލުގައި ތިބި މީހުންނަމާއި ސަލާމްކޮށްފައިވާއިރު, އެތަނުގައި ހުރި އިމާމެއް ކަމަށްވާ، ސުފްޔާން އިގްބާލް ވަނީ ކޭޓް އޭނާ އާއި ސަލާމް ކުރުމަށް ދިއްކުރި އަތުގައި ނުހިފައި، މޭގައި އަތް ބާއްވައި އިހްތިރާމް އަދާކޮށްފައެވެ. ސުފްޔާން އެފަދައިން ކަން ކުރުމުން ކޭޓް ވެސް އަދި ވިލިއަމް ވެސް ވަނީ ހިނިތުން ވުމާއިއެކު އެކަން ބަލައިގަނެފައެވެ.

އިމާމް ސުފްޔާންގެ މި ޢަމަލާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އޭނާ އަށް ތައުރީފް ކުރަމުންނެވެ. އެގޮތުން، 100 އިންސައްތަ މުސްލިމް ނޫން ގައުމެއްގައި ދިރިއުޅެމުންދާ މުސްލިމެއްގެ ކިބައިގައި އެފަދަ ކަމެއް ކުރުމުގެ ހިތްވަރު ހުރި ކަމަށާ، ހިލޭ އަންހެނަކާއި އަތާއި އަތް ޖޯޑުކޮށް ސަލާމް ކުރުމަށް އިންކާރުކޮށް އިހްތިރާމް އަދާކުރި ގޮތުންވެސް ގިނަ ބަޔަކު ވަނީ އެކަމަށް ތައުރީފް ކޮށްފައެވެ.

އަދި މީގެ އިތުރުން، އިމާމް ސުފްޔާން އެގޮތަށް ކަން ކުރުމުން އެކާއި ނުރުހުން ފާޅުނުކޮށް، ކޭޓް އެކަން ބަލައިގަތުމުން ކޭޓް އަށްވެސް މީހުންވަނީ ތައުރީފް ކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.