ޕޯސްޓު މެދުވެރިކޮށް އެތެރެކުރަން އުޅުނު ނުވަ ލައްކަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
ޕޯސްޓު މެދުވެރިކޮށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނެފައިވަނީ މިތަކެތި އަތުލައިގަނެވުނީ މި ހިނގާ މާޗް މަހުގެ 3 ވަނަ ދުވަހު ޕޯސްޓު ވެދުވެރިކޮށް ގެނައި ތަކެތި ފާސްކުރަމުން ދަނިކޮށްކަމަށެވެ.
އަދި ބަލައި ފާސްކުރެވުނު ޕެކޭޖަކީ އިނގިރޭސި ވިލާތުން ގެނެވުނު ޕެކޭޖެއް ކަމަށް ކަސްޓަމްސް އިން ހާމަކޮށްފައިވެއެވެ.
ފުރަތަމަ މަރުހަލާގައި މިތަކެތި ތަހުލީލު ކުރުމުން މިތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފްޑްރޯން އަށް ޕޮޒިޓިވް ވެފައިވާކަމަށާއި، އެތަކެތީގެ ބަރުދަނުގައި 520 ގުރާމް ހުރި ކަމަށް ކަސްޓަމްސް އިން ހާމަކޮށްފައިވެއެވެ.
އަދި މިތަކެތީގެ މަގުމަތީގެ އަގު ނުވަ ލައްކަ ރުފިޔާއަށް އަރާނެ ކަމަށް ވެސް ބުނެފައިވެއެވެ. މި ތަކެތި މިހާރު މޯލްޑިވްސް ޕޮލިސް ސާވިސަސް އާއި ހަވާލުކުރެވިފައިވާ ކަމަށް ކަސްޓަސްއިން ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް