މައްސަލައިގައި ހިމެނޭ ހަތަރު މީހުން ހްއްޔަރުކޮށް ބޭތިއްބިފައިވާ ޕޮލިސް ސްޓޭޝަންގެ ބޭރުގައި ފުލުހުން ފޯރިމަރަނީ
މައްސަލައިގައި ހިމެނޭ ހަތަރު މީހުން ހްއްޔަރުކޮށް ބޭތިއްބިފައިވާ ޕޮލިސް ސްޓޭޝަންގެ ބޭރުގައި ފުލުހުން ފޯރިމަރަނީ
ދުނިޔެ 12 Apr 2023 | 04:34

ބަންގްލަދޭޝްގައި އަންހެނެއްގައިގައި ހައްދުޖެހި މައްސަލައަކާއި ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފި

ބަންގްލަދޭޝްގައި އަންހެނެއްގެ ގައިގައި ހައްދުޖަހައި ރަޖަމްކުރުމަށް އޮއްގަލުން ތެޅި މައްސަލައަކާއި ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ހަބީގަންޖު އަވަށުގެ  ދީނީ ޢިލްމު ވެރިޔަކާއި އެ އަވަށުގެ އިސްރަށްވެހިންގެ ތެރެއިން ތިން މީހެކެވެ. ބަންގަލަދޭޝް ފުލުހުން ބުނެފައިވަނީ އެހަތަރު މީހުން ހައްޔަރުކޮށްފައިވަނީ އެމައްސަލާގައި ހިމެނޭ އަންހެން މީހާ އެމީހުންނާއި ދެކޮޅަށް ފައިލްކުރި މައްސަލައަކާއި ގުޅިގެންކަމަށެވެ.

ހަބީގަންޖު އަވަށުގެ ކައުންސިލްގައި ހިމެނޭ އިސް ރަށްވެހިންގެ ތެރެއިން ތިން މީހަކާއި ދީނީ ޢިލްމު ވެރިޔާ އެ އަންހެން މީހާ ގައިގައި ހައްދު ޖެހުމަށް ފަތުވާ ނެރެފައިވަނީ އޭނާ ކައިވެނި ކޮށްގެން ހުރެ އެހެން ފިރިހެނަކާއި ނާޖާއިޒް ގުޅުމެއް ބޭއްވިކަމުގެ ތުހުމަތުތަކާއި އެކުއެވެ.

30 އަހަރުގެ އެއަންހެންމީހާ އަށް އަދަބު ދިނުމުގެ ގޮތުން 82 އެތި ފަހަރުން ހައްދު ޖެހުމަށާއި 80 ފަހަރު އޮއްގަލުން ޖެހުމަށް ފަތުވާ ނެރެވުނެވެ.

ޕޮލިސް އިންސްޕެކްޓަރ ޒާކިރް ހުސެއިން ބުނެފައިވަނީ އެއަންހެން މީހާ ހަބީގަންޖު 17 ފިރިހެނަކާއި ދެކޮޅަށް ޕޮލިހުގައި މައްސަލަ ފައިލް ކޮށްފައިވާ ކަމަށެވެ. އަދި މިމައްސަލަ ފައިލް ކޮށްފައިވަނީ ބަންގްލަދޭޝްގެ އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ އާއި ދެކޮޅު ހަދާ ޤާނޫނުގެ ދަށުން ކަމަށެވެ.

"އަވަށު ކައުންސިލުން އޭނާގެ ގައިގައި ހައްދުޖެހުމަށާއި ރަޖަމް ކުރުމަށް ފަތުވާ އިއްވީ އޭނާ ކައިވެނީގެ ބޭރުން އެހެން މީހަކާއި ނަހަމަ ގުޅުމެއް ހިންގާކަމަށް ބުނެ، އެފަދަ ކުށް ތަކުގެ އަދަބެއްގެ ގޮތުގައި ޝަރީޢަތުގައި އޮންނަނީ އެގޮތް ކަމަށް ބުނެ" އިންސްޕެކްޓަރ ޒާކިރް އަލްޖަޒީރާއަށް ބުނެފައިވެއެވެ.

އަދި އޭނާގެ މައްޗަށް އެޙުކުމް ތަންފީޒު ކުރެވުމުން އޭނާގެ ފާފަތައް ފުހެވި އޭނާގެ އިއްޒަތް އަނބުރާ ލިބޭނެ ކަމަށް އެމީހުން ބުނާ ކަމަށް ޒާކިރް ބުނެފައިވެއެވެ.

މީގެ އިތުރުން ޒާކިރް ބުނެފައިވަނީ އަވަށު ކައުންސިލުން އެއަންހެން މީހާގެ މައްޗަށް ކޮށްފައިވަނީ އެސަރަހައްދުގައި ރިކްޝާ ދުއްވާ މީހަކާއި އޭނާ އާއި ނަހަމަ ގުޅުމެއް އޮންނަ ކަމުގެ އިލްޒާމު ކަމަށާއި އެއަންހެން މީހާގެ ފިރިމީހާ އަކީ އޮމާންގައި ވަޒީފާ އަދާ ކުރާ  މީހެއް ކަމަށެވެ. އަދި މިމައްސަލައާއި ގުޅުގެން އޭނާ އަނބުރާ ބަންގްލަދޭޝްއަށް އައިސްފައިވާ ކަމަށާއި އޭނާވެސް އެދެނީ އޭނާގެ އަންހެނުންނަން ނާއިންސާފުން ލިބުނު އަނިޔާއަށް އިންސާފު ހޯދުމަށް ކަމަށެވެ.

މިމައްސަލަގައި ހިމެނޭ އަންހެން މީހާ ވަނީ އަވަށު ކައުންސިލުން އޭނާ އާއި މެދު ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި އޭނާ ބުނެފައިވަނީ އޭނާ އަށް ލިބުނު އަނިޔާއަކީ ނާއިންސާފުން ދިން އަނިޔާތަކެއް ކަމަށާއި، އޭނާ އަށް ލިބުނު އަނިޔާތައް ދުލުން ބަޔާން ކޮށްދޭން ނޭނގޭ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.