އިދިކޮޅު ޕާޓީތަކުގެ މެންބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ ދެން
އިދިކޮޅު ޕާޓީތަކުގެ މެންބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ ދެން
ހަބަރު 12 Jun 2023 | 11:03

"ހުރިހާ ކޮމިޓީއަކުންވެސް އެމްޑީޕީއަށް މެޖޯރިޓީ ދިނިން؛ ނަމަވެސް އެޕާޓީން އެއްބަހެއް ނުވި ދިން މިންވަރަކަށް"

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ ނިސްބަތަށް އައި ބަދަލާއިއެކު، އެ މައްސަލަ ހައްލު ކުރުމަށް ޕާޓީތަކުން މަޝްވަރާ ކުރައްވައި، ވޯޓަށް އެހުމަށް ފޮނުވިއިރު އެމްޑީޕީ އަށް، ހުރިހާ ކޮމިޓީ އަކުންވެސް މެޖޯރިޓީ ދެއްވި ކަމަށާ އެހެން ނަމަވެސް އެ އެކަމަށް އެ ޕާޓީން އެއްބަސް ނުވީ ކަމަށް މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިދިކޮޅު ބައެއް ޕާޓީތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، މަޖިލީހުގެ ކޮމިޓީތައް އެކުލަވައި ނުލެވޭތީ މަޖިލިސް މިހާރު ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ކޮމިޓީތައް އުވިގެން ނުދާ ކަމަށާ، ނަމަވެސް މަޖިލީހުގެ 13 މެންބަރުން އެއްކޮށް އެމްޑީޕީން ކެނޑުމާާއި އެކު، މަޖިލީހުގެ ނިސްބަތަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށެވެ.

އެހެންކަމުން، ކޮމިޓީތަކުގައި ހިމެނޭ މެންބަރުންގެ ތެރެއިން އެއް ކޮމިޓީގައި ހިމެނޭ މެންބަރުން އަނެއް ކޮމިޓީއަށް ބަދަލު ކުރުމުގެ ގޮތުން، ސިޔާސީ ޕާޓީތައް މަޝްވަރާ ކޮށް، އެކަމަށް އެއްބަސްވެ ވޯޓަށް އަހަން ތައްޔާރުވެފައި ވަނިކޮށް، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ވޯޓަށް އެހުމަށް ބޭނުން ނުވި ކަމަށް އާޒިމް ވިދާޅުވި އެވެ.

ވޯޓަށް އެހުމުގެ ވާހަކަ ދައްކާއިރުގައި، އެމްޑީޕީން ބުނަމުންދަނީ އެ ބޭފުޅުންގެ މެޖޯރިޓީއެއް ނެތީއޭ. އެހެން ނަމަވެސް އެ ދުވަހު ވޯޓަށް އެހުމަށް ތައްޔާރު ކޮށްފައި އޮތް ޓޭބަލް އަށް ބަލާއިރު، ހަމަ ކޮންމެ ކޮމިޓީއެއްގެ %53 ނުވަތަ %58 އެމްޑީޕީއަށް ލިބިފައި އޮތީ. އެހެން ނަމަވެސް އެ ބޭފުޅުން އެގޮތަށް ކުރިއަށް ގެންދަން ބޭނުން ނުވީ. އަޅުގަނޑަކަށް ނޭނގެ ކީއްވެ ކަމެއް.

މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް

މަޖިލީހުގައި ސިޔާސީ ޕާޓީތަކަށް މެންބަރުން ބެހިފައިވާ ގޮތަށް އައި ބަދަލާ އެކު، ކޮމިޓީތައް އަލުން އެކުލަވާލުމަށް ވޯޓަށް އެހުން މިިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ޖަލްސާގެ ވޯޓު ގަޑީގައި އޮންނާނެކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ދުވަހު އިއުލާން ކުރެއްވިއެވެ.

ނަމަވެސް އެކަން މަޑުޖައްސާލީ މަޖިލީހުގެ މެޖޯރިޓީ ލީޑަރ މުހައްމަދު އަސްލަމްގެ އެެދިވަޑައިގަތުމަށް ކަމަށް އަމީން އާންމު ފާތިމަތު ނިއުޝާ ވަނީ ވިދާޅުވެފަ އެވެ.

އެކަމާއި ގުޅިގެން އަސްލަމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް މެންބަރުން އައްޔަނުކުރުމުގައި ސިޔާސީ ޕާޓީތަކުގެ މެޖޯރިޓީ ލީޑަރުންނާއި މައިނޯރިޓީ ލީޑަރުންގެ މަޝްވަރާ ހޯދަންވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް އެފަދައިން މަޖިލީހުން ކަން ކުރައްވާފައި ނުވާ ކަމަށާ، މެޖޯރިޓީ ލީޑަރުގެ ހައިސިއްޔަތުން އެކަމުގައި ބަސްބުނުމުގެ ފުރުޞަތު އޭނާއަށް ނުދެއްވާ ކަމަށެވެ.

އެހެންކަމުން އަސްލަމް އެދިލެއްވީ މަޖިލީހުގައި އެމްޑީޕީގެ %64 މެޖޯރިޓީ މަޖިލީހުގައި އޮވެމެ، މަޖިލީހުގެ ކޮމިޓީތަކުގެ މެޖޯރިޓީ އެޕާޓީއަށް ގެއްލޭގޮތަށް ކޮމިޓީތައް ތަރުތީބުކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ
14 Oct 2026 ހަބަރު

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ

ރިޒާވް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ސެޕްޓެމްބަރު މަހު ލިބުނު ބޭރު ފައިސާއަށް ވުރެ އެ އޮތޯރިޓީން ދޫކުރި ބޭރު ފައިސާގެ މިންވަރު އިތުރުވުމެވެ. އެގޮތުން، އޮގަސްޓު މަހާ އަޅައިބަލާއިރު ސެޕްޓެމްބަރު މަހު ދޫކުރި ބޭރު ފައިސާގެ މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ
14 Oct 2026 ހަބަރު

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ގިނަ ޢަދަދެއްގެ މިސްކިތްތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވެއެވެ.

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ
14 Oct 2026 ހަބަރު

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ

އެމްޕީއެލުން ވަނީ އުޅަނދުތަކުގެ މުއްދަތު ހަމަވެފައިވާ ސެޓްފިކެޓްތައް އައުކުރުމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުގައި ނިޝާން ޖެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް އިލްތިމާސްކޮށްފައެވެ.

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
14 Oct 2026 ހަބަރު

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ

ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ވާގޮތުން މިހިނގާ އޮކްޓޯބަރުމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން އެހީ އާއި ސަބްސިޑީގެ ގޮތުގައި ވަނީ 10.4 ބިލިއަން ރުފިޔާ ހޭދަވެފައެވެ.

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ
14 Oct 2026 ހަބަރު

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ

އެ އަތޮޅުތަކަށް ނެރުނީ ހުދު ސަމާލެވެ. މެޓް އޮފީހުން މި އިންޒާރު ނެރެފައިވަނީ މިރޭ 12 ޖެހުމާއި ހަމައަށެވެ.

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ
14 Oct 2026 ހަބަރު

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި
14 Oct 2026 ހަބަރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

އަފީފަކީ ކުރީން ފެނަކައިގެ ޗެއާމަން ކުރެއްވި ބޭފުޅެކެވެ. ސްޓެލްކޯއާ އެމްޓީސީސީގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ.

ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށް ޓްރެފިކް ޤާނޫނު ތަންފީޒުކުރަން ފަށަނީ
14 Oct 2026 ހަބަރު

ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށް ޓްރެފިކް ޤާނޫނު ތަންފީޒުކުރަން ފަށަނީ

ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާ މެދު ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށް ފިޔަވަޅު އެޅުމުގެ މަސައްކަތް ހަތް ދުވަހުގެ ތެރޭ ފެށުމަށް މިނިސްޓްރީން ނިންމައިފިއެވެ.