އަދީބަށް އައިޖީއެމްއެޗުގައި ފަރުވާދެނީ/ ފޮޓޯ: ވޮއިސް
އަދީބަށް އައިޖީއެމްއެޗުގައި ފަރުވާދެނީ/ ފޮޓޯ: ވޮއިސް
ހަބަރު 12 Jul 2023 | 04:23

އަދީބު ސިންގަޕޫރަށް ފުރައިފި

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ހުއްދަދިނުމާއެކު އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށް ސާބިތުވެ ޖަލު ހުކުމެއްކޮށް، ގޭގައި އެ ހުކުމް ތަންފީޒުކުރަމުންދާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސިންގަޕޫރަށް ފުރައިފި އެވެ.

އެކަން އަދީބުގެ ސިޔާސީ ޕާޓީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް އިން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އެގޮތުން އަންގާރަ ދުވަހުގެ ރޭ އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކި ހޮސްޕިޓަލްތަކުގެ އެތައް ޑޮކްޓަރުންގެ ލަފާގެ މަތިން ފުރާނައަށް ނުރައްކާތެރި ބައްޔަކަށް ފަރުވާ ހޯދުމަށް އެމްޓީޑީގެ ލީޑަރު އަޙްމަދު އަދީބު އިތުރު ބޭސްފަރުވާއަށް ސިންގަޕޫރަށް ފުރާފައިވާ ކަމަށެވެ.

އަޙްމަދު އަދީބު ސިންގަޕޫރަށް ދަތުރު ކުރަމުން ދަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަދި ފުލުހުންގެ ސެކިއުރިޓީންގެ ބެލުމުގެ ދަށުންކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.

އެމްޓީޑީން ބުނީ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އަދީބު ޖަލުގައި ހުރި މުއްދަތުގައި ބޭސްފަރުވާއަށް އެދުމުން އެ ފުރުސަތު ފަހިކޮށްދީފައި ނުވާކަމަށެވެ.

އެހެން ނަމަވެސް މި ސަރުކާރުން އަދީބަށް ބޭނުންވާ ބޭސްފަރުވާގެ ފުރުސަތު ފަހިކޮށްދީފައިވާކަމަށާއި، އެކަމަށްޓަކައި ސަރުކާރަށް ޝުކުރު އަދާކުރާކަމަށް އެމްޓީޑީން ވަނީ ބުނެފައެވެ.

އަދީބު ރާއްޖެއިން ބޭރަށް ފުރަން ހުއްދަދިން ކަމުގައި ވީ ނަމަވެސް އޭނާގެ ކަންކަން ބަލަހައްޓަމުން ގެންދާނެކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވަނީ ބުނެފައެވެ. އަދި އޭނާ ފޮނުވީ އަނބުރާ ގެނެވޭ ގޮތަށްކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި
14 Oct 2026 ހަބަރު

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި

ޒަހަމްވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ. ފުލުހުން ބުނީ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ
14 Oct 2026 ހަބަރު

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ

ރިޒާވް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ސެޕްޓެމްބަރު މަހު ލިބުނު ބޭރު ފައިސާއަށް ވުރެ އެ އޮތޯރިޓީން ދޫކުރި ބޭރު ފައިސާގެ މިންވަރު އިތުރުވުމެވެ. އެގޮތުން، އޮގަސްޓު މަހާ އަޅައިބަލާއިރު ސެޕްޓެމްބަރު މަހު ދޫކުރި ބޭރު ފައިސާގެ މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ
14 Oct 2026 ހަބަރު

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ގިނަ ޢަދަދެއްގެ މިސްކިތްތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވެއެވެ.

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ
14 Oct 2026 ހަބަރު

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ

އެމްޕީއެލުން ވަނީ އުޅަނދުތަކުގެ މުއްދަތު ހަމަވެފައިވާ ސެޓްފިކެޓްތައް އައުކުރުމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުގައި ނިޝާން ޖެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް އިލްތިމާސްކޮށްފައެވެ.

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
14 Oct 2026 ހަބަރު

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ

ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ވާގޮތުން މިހިނގާ އޮކްޓޯބަރުމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން އެހީ އާއި ސަބްސިޑީގެ ގޮތުގައި ވަނީ 10.4 ބިލިއަން ރުފިޔާ ހޭދަވެފައެވެ.

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ
14 Oct 2026 ހަބަރު

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ

އެ އަތޮޅުތަކަށް ނެރުނީ ހުދު ސަމާލެވެ. މެޓް އޮފީހުން މި އިންޒާރު ނެރެފައިވަނީ މިރޭ 12 ޖެހުމާއި ހަމައަށެވެ.

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ
14 Oct 2026 ހަބަރު

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި
14 Oct 2026 ހަބަރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

އަފީފަކީ ކުރީން ފެނަކައިގެ ޗެއާމަން ކުރެއްވި ބޭފުޅެކެވެ. ސްޓެލްކޯއާ އެމްޓީސީސީގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ.