އދ ގެ ޖެނީވާގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން
އދ ގެ ޖެނީވާގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން
ހަބަރު 12 Jul 2023 | 13:32

ޤުރުއާން އަންދަން ނުވަ ގައުމަކުން ތާއިދުކޮށްފި!

އދ ގެ އިންސާނީ ހައްގުތަކާއި ބެހޭ ކޮމިޝަނުގައި ޤުރުއާން އެންދުމާއި ގުޅިގެން ނެގި ވޯޓުގައި އެކަމަށް ތާއީދުކޮށް ނުވަ ގައުމަކުން ވޯޓް ދީފިއެވެ.

ސްވިޑެން ގައި ގުރުއާން އެންދި މައްސަލަ އާއި ދެކޮޅަށް ނެގި މި ވޯޓުގައި، ސްވިޑެން ގެ އަމަލަށް ތާއީދުކޮށް، ވޯޓް ދިނީ އެމެރިކާ އާއި އިނގިރޭސިވިލާތުގެ އިތުރުން ބެލްޖިއަމް، ކޮސްޓަރިކާ، ޗެކްރިޕަބްލިކް، ފިންލޭންޑް، ފްރާންސް، ޖަރިމަން، ލިތުއޭނިއާ، ލަގްޒަމްބާގް، މޮންޓެނީގްރޯ އަދި ރޯމޭނިއާއެވެ.

މި މައްސަލައިގައި އެއްވެސް ކޮޅަކަށް ވޯޓު ނުދިނީ 7 ގައުމަކުންނެވެ. އޭގ ތެރޭގައި ހިމެނެނީ، ބެނިން، ޗިލީ، ޖޯޖިއާ، ހޮންޑްރަސް، މެކްސިކޯ، ނޭޕާލް އަދި ޕެރެގުއޭ އިން ނެވެ. ވޯޓުގައި ބައިވެރިވި އަނެއް 28 ގައުމުން ވޯޓު ލާފައި ވަނީ ގުރުއާން އެންދުމާއި ދެކޮޅަށެވެ. އޭގެ ތެރޭގައި ރާއްޖެވެސް ހިމެނެއެވެ.

ގުރުއާން އެންދުމާއި ދެކޮޅަށް ނެގި ވޯޓުގައި ގައުމުތަކުން ވޯޓު ދިން ގޮތް-- 

އަޟްޙާ ޢީދު ދުވަހާ ދިމާކޮށް ސްވިޑެންގެ މިސްކިތެއްގެ ކައިރީގައި، ފުލުހުންގެ ހިމާޔަތާއި، ސްވިޑެންގެ ކޯޓުގެ ހުއްދައާއިވެސް އެކުގައި މުޞްޙަފް އެންދުމާއި ގުޅިގެން ގިނަ ގައުމުތަކެއްގެ ނުރުހުން އެ ގައުމަށް ވަނީ އަމާޒުވެފައެވެ.

އެގޮތުން ޢިރާޤުން ސްވިޑެން އަށް ހިޖުރަ ކޮށް ސްވިޑެންގައި ދިރިއުޅެމުންދާ ސަލްވާން މޮމިކާ ނަމަކަށް ކިޔާ މީހަކު ވަނީ ސްޓޮކްހަމްގެ އެންމެ ބޮޑު މިސްކިތުގެ ކުރިމަތީގައި ކީރިތި ޤުރުއާން މުސްޙަފެއްގެ ތެރެއަށް އޫރުމަސް އަޅައި, ގުރުއާންއަށް އިހްތިރާމް ކުޑަކޮށް މުސްހަފުގައި އަލިފާން ރޯކޮށްލައިފައެވެ.

އެކަން އޭނާ ކުރި އިރު، ސްވިޑެން ގެ ސަރުކާރުގެ ފުލުހުން ތިބީ އޭނާ އަށް ހިމާޔަތް ދިނުމަށް އޭނާ ހުރި ސަރަހައްދު ބަންދު ކޮށްގެން، އެތަނުގެ ސެކިޔުރިޓީންގެ ގޮތުގައެވެ. އަދި މުސްހަފު ރޯކުރުން ހުއްޓުވަން ދިޔަ މީހުންނަށް ހުރަސް އަޅައި އެކަކު ފުލުހުން ހައްޔަރުވެސް ކުރިއެވެ.

ކީރިތި ޤުރުއާން އަންދާލައި ސްވިޑެން އިން ހިންގި ހައްދުފަހަނައަޅައިފައިވާ ނުބައި ޢަމަލާއިމެދު އަޅާނެ ފިޔަވަޅަކާއި މެދުގައި މަޝްވަރާކޮށް އެކަން އިތުރަށް ތަކުރާރު ވިޔަނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.)ގެ އެގްޒެކެޓިވް ކޮމިޓީން ވަނީ އޯޕަން-އެންޑެޑް ކުއްލި ބައްދަލުވުމެއް ވެސް ބާއްވާފައެވެ.

ސްވިޑެން ގައި ގުރުއާން އެންދުމުގެ ހަރުކަށި އަމަލު ކުށްވެރިކޮށް އެ ގައުމަށް ދަތި ކުރުމުގެ ފިޔަވަޅު އަޅާފާނެ ކަމުގެ ބިރު ހީވުމާއި އެކު، ސްވިޑެން ގެ ފޮރިން މިނިސްޓްރީން ފަހުން ނެރުނު ބަޔާނެއްގައި ވަނީ، އެ ގައުމުގައި ގުރުއާން އެންދި މައްސަލާގައި ސަރުކާރުގެ ބައިވެރިވުމެއް ނެތް ކަން ހާމަކުރަން މަސައްކަތް ކޮށް، އެކަން ކުށްވެރިކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި
14 Oct 2026 ހަބަރު

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި

ޒަހަމްވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ. ފުލުހުން ބުނީ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ
14 Oct 2026 ހަބަރު

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ

ރިޒާވް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ސެޕްޓެމްބަރު މަހު ލިބުނު ބޭރު ފައިސާއަށް ވުރެ އެ އޮތޯރިޓީން ދޫކުރި ބޭރު ފައިސާގެ މިންވަރު އިތުރުވުމެވެ. އެގޮތުން، އޮގަސްޓު މަހާ އަޅައިބަލާއިރު ސެޕްޓެމްބަރު މަހު ދޫކުރި ބޭރު ފައިސާގެ މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ
14 Oct 2026 ހަބަރު

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ގިނަ ޢަދަދެއްގެ މިސްކިތްތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވެއެވެ.

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ
14 Oct 2026 ހަބަރު

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ

އެމްޕީއެލުން ވަނީ އުޅަނދުތަކުގެ މުއްދަތު ހަމަވެފައިވާ ސެޓްފިކެޓްތައް އައުކުރުމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުގައި ނިޝާން ޖެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް އިލްތިމާސްކޮށްފައެވެ.

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
14 Oct 2026 ހަބަރު

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ

ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ވާގޮތުން މިހިނގާ އޮކްޓޯބަރުމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން އެހީ އާއި ސަބްސިޑީގެ ގޮތުގައި ވަނީ 10.4 ބިލިއަން ރުފިޔާ ހޭދަވެފައެވެ.

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ
14 Oct 2026 ހަބަރު

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ

އެ އަތޮޅުތަކަށް ނެރުނީ ހުދު ސަމާލެވެ. މެޓް އޮފީހުން މި އިންޒާރު ނެރެފައިވަނީ މިރޭ 12 ޖެހުމާއި ހަމައަށެވެ.

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ
14 Oct 2026 ހަބަރު

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި
14 Oct 2026 ހަބަރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

އަފީފަކީ ކުރީން ފެނަކައިގެ ޗެއާމަން ކުރެއްވި ބޭފުޅެކެވެ. ސްޓެލްކޯއާ އެމްޓީސީސީގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ.