ހޮލީރުޑްހައުސްއާ ގަނޑުވަރުގައި ސިފައިން ރާނީގެ ހަށިކޮޅު އުފުލަނީ -- ފޮޓޯ: ރޮއިޓާސް
ހޮލީރުޑްހައުސްއާ ގަނޑުވަރުގައި ސިފައިން ރާނީގެ ހަށިކޮޅު އުފުލަނީ -- ފޮޓޯ: ރޮއިޓާސް
ދުނިޔެ 12 Sep 2022 | 05:03

ރާނީ އެލިޒަބަތުގެ ހަށިކޮޅު އެޑިންބަރާއަށް ގެންގޮސްފި

އިނގިރޭސި ރާނީ އެލިޒަބަތު ދެވަނައިގެ ހަށިކޮޅު ސްކޮޓްލޭންޑުގެ އެޑިންބަރާއަށް ގެންގޮސްފިއެވެ.

ރާނީގެ ހަށިގަނޑު އިއްޔެ އެޑިންބަރާގެ ހޮލީރުޑްހައުސްއާ ގަނޑުވަރަށް ގެންގޮސްފައިވާއިރު، މިއަދާއި ހަމައަށް އެކަމަނާގެ ހަށިކޮޅު އޮންނާނީ އެ ގަނޑުވަރުގައެވެ.

ހަ ގަޑިއިރުގެ މި ދަތުރުގައި ރާނީގެ ހަށިކޮޅު އެޑިންބަރާއަށް ގެންގޮސްފައިވަނީ އެކަމަނާ އަވަހާރަވި ބަލްމަރޯ ކާސަލްއިންނެވެ. ރާނީގެ ހަށިކޮޅު އުފުލުމަށް ހާއްސަކޮށްފައިވާ ކާރުކޮޅު ސްކޮޓްލޭންޑުގެ މަގުތަކުން ދަތުރުކުރިއިރު ގިނަ ބަޔަކު ވަނީ މަގުތަކަށް ނިކުމެ ރާނީ އަށް އިހުތިރާމު އަދާ ކޮށްފައެވެ.

މިއަދު ރާނީގެ ހަށިކޮޅު  ހޮލީރުޑްހައުސްއާ ގަނޑުވަރުން އެޑިންބަރާގައި ހުންނަ ސެއިންޓް ގައިލްސަސް ކެތީޑްރަލް އަށް ގެންދެވޭނެއެވެ. އަދި މިއަދުން ފެށިގެން 24 ގަޑިއިރުގެ މުއްދަތަކަށް ސްކޮޓްލޭންޑުގެ އާންމު ރައްޔިތުންނަށް ރާނީގެ މޫނު ބެލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މީގެ އިތުރުން މިއަދު އެ ކެތީޑެރެލްގައި ރާނީގެ ހަދާނުގައި ހާއްސަ ހަފުލާއެއް ބޭއްވިގެން ދާނެއެވެ. މި ހަފުލާގައި އިނގިރޭސިވިލާތުގެ އައު ރަސްގެފާނު، ރަސްގެފާނު ޗާލްސް ތިންވަނަ އަދި ޝާހީ އާއިލާގެ އެހެން މެންބަރުން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ރަސްގެފާނު ޗާލްސް އެޑިންބަރާއަށް ވަޑައިގަތުމުގެ ކުރިން އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުން ރާނީގެ ހަދާނުގައި ބާއްވާ ހާއްސަ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މާދަމާ ރާނީގެ ހަށިކޮޅު ސްކޮޓްލޭންޑުން އިނގިރޭސި ވެރިރަށް ލަންޑަނަށް ގެންދެވޭނެއެވެ. ޝާހީ އާއިލާއިން މައުލުމާތުދޭ ގޮތުގައި ރާނީ އެލިޒަބަތުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.

ރާނީ އެލިޒަބަތު އަވަހާރަ ވެފައިވަނީ މިއަދު އެކަމަނާގެ ޑޮކްޓަރުން ހެދި އިވެލުއޭޝަނަކަށް ފަހު އެކަމަނާގެ ސިއްހީ ހާލުކޮޅާ މެދު ކަންބޮޑުވާ ކަމަށް ބުނުމުން އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް މި މަހުގެ 8 ވަނަ ދުވަހުއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.