ޝަހީދު ހުސައިން އާދަމްގައި ނަމާދު ކުރެވޭނީ އަންހެނުންނަށް އެކަނި ކަމަށް އަންގައިފި!
ޝަހީދު ހުސައިން އާދަމް ބިލްޑިންގގައި ނަމާދުކުރެވޭނީ ހަމައެކަނި އަންހެނުންނަށް ކަމަށް އަންގައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ކޮށްފައިވާ އިއުލާނެއްގައި ބުނީ، ޝަހީދު ހުސައިން އާދަމް ބިލްޑިންގ އަށް ވަންނަ ތަނާ ކައިރީ، އެންމެ ތިރީ ފަންގިފިލާ (ގްރައުންޑް ފްލޯ) ގައި 28 އޮގަސްޓް 2022 ވަނަ ދުވަހުން ފެށިގެން ނަމާދުކުރެވޭނީ ހަމައެކަނި އަންހެން މުވައްޒަފުންނަށް އެކަނި ކަމަށެވެ.
ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ނާފިޒް ސޮއިކުރައްވައި ނެރެފައިވާ މި ޢިއުލާނުގައި އެ ޚިދުމަތުން މި ނިންމުން ނިންމި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.
އެހެންނަމަވެސް، މާލޭގައި ހުރި އެންމެ ބޮޑު މިސްކިތް ކަމަށްވާ އިސްލާމީ މަރުކަޒުވެސް ހުންނަނީ ޝަހީދު ހުސައިން އާދަމް ބިލްޑިންގ އާއި ކައިރީ ކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް