ޔުގަންޑާގައި އެބޯލާޖެހިގެން 29 މީހަކު ވަނީ މަރުވެފައި. މީގެ ތެރޭގައި ސިއްހީ ޚިދުމަތްތެރިންވެސް ހިމެނޭ
ޔުގަންޑާގައި އެބޯލާޖެހިގެން 29 މީހަކު ވަނީ މަރުވެފައި. މީގެ ތެރޭގައި ސިއްހީ ޚިދުމަތްތެރިންވެސް ހިމެނޭ
ދުނިޔެ 12 Oct 2022 | 05:07

އެބޯލާ ޖެހި ޔުގާންޑާގައި 29 މީހަކު މަރުވެއްޖެ

އެބޯލާޖެހި ޔުގާންޑާގައި 29 މީހަކު މަރުވެއްޖެއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ ޑަބްލިޔު.އެޗް.އޯ އިން ބުނާގޮތުގައި މި ނުރައްކާތެރި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު 63 އަށް އަރާފައިވާ ކަމަށެވެ.

ޔުގާންޑާގައި މި ބަލި ޖެހިފައިވާ މީހުންގެ ތެރޭގައި، މީގެ ކުރިން ބަލި ޖެހުނު މީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ޞިއްޙީ ޚިދުމަތްތެރިން ވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ބަލި ޖެހިފައިވާ ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން ފަސް މީހަކު މިހާރު ވަނީ ބަލިން ފަސޭހަވެފައެވެ. އެ މީހުންނަށް ފަރުވާ ދީފައި ވަނީ އެންޓެބޭގައި ހުންނަ ޞިއްޙީ ފަރުވާދޭ މަރުކަޒެއްގައެވެ. މި ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ޖުމުލަ 20 މީހަކު ބަލިން ފަސޭހަވެފައިވާ ކަމުގައި އެ ޤައުމުގެ ޞިއްޙީ ވުޒާރާއިން ހާމަކުރެއެވެ.

ޔުގާންޑާގެ ބައެއް ސަރަޙައްދުތަކުގައި ހަލުވިކަމާ އެކު އެބޯލާ ފެތުރެން ފެށުމާ އެކު ބައެއް ޤައުމުތަކުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ. މީގެ ތެރޭގައި އެމެރިކާ ހިމެނެއެވެ. އެ ޤައުމުން ވަނީ، ޔުގާންޑާއަށް ދަތުރު ކޮށްފައި އެނބުރި އެ ޤައުމަށް އަންނަ މީހުން ސްކްރީން ކުރުމުގެ މަސައްކަތް ފަށާފައެވެ.

އެބޯލާ ވައިރަސް ޑިޒީޒް (އީ.ވީ.ޑީ) ނުވަތަ އެބޯލާއަކީ ޖަނަވާރުންގެ ފުށުން އިންސާނުންގެ ހަށިގަނޑަށް އަރާ ނުރައްކާތެރި ބައްޔެކެވެ. މި ބަލި ފަތުރާ ޖަނަވާރުތަކުގެ ތެރޭގައި ވައު، ޕޯކިޔުޕައިން އަދި ރާމާމަކުނު ހިމެނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.