އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވުމަށް ރައީސް ނަޝީދު އެމެރިކާއަށް ވަޑާއިގަންނަވަނީ
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމެރިކާއަށް ފުރާވަޑައިގަތުމަށް ނިންމައިފިއެވެ.
ރައީސް ނަޝީދު މިކަން ހާމަކުރައްވާފައިވަނީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާަގައެވެ. އެމަނިކުފާނު ވިދާޅުވީ، ވޯލްޑް ބޭންކާއި އައިއެމްއެފް އިން ބާއްވާ އަހަރީ ބައްދަލުވުމުގައި ބައިވެރިވުމުގެ ދައުވަތު ލިބިވަޑައިގެންފައިވާކަމަށާއި، އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް މިރޭ ވޮޝިންގްޓަނަށް ފުރާވަޑައިގަތުމަށް ނިންމާފައިވާ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ކްލައިމެޓް ވޮނަރަބަލް ފޯރަމް (ސީވީއެފް)ގެ ފަރާތުން 20 ފިނޭންސް މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ދަތުރުގެ ހަރަދުތައް ބަލަހައްޓާނީ ސީވީއެފުން ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް