ޕްރައިވަޓައިޒޭޝަން ބޯޑުގެ ނާއިބު ރައީސްއަށް ރުހުން ހޯދަން މަޖިލީހަށް
ޕްރައިވަޓައިޒޭޝަން ބޯޑުގެ ނާއިބު ރައީސް ކަމަށް ހއ. އިހަވަންދޫ، އާޒާދީ ބަހާރު މުހައްމަދު ފިރާޝް އައްޔަނުކުރަން ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ މުހައްމަދު ފިރާޒް، ހއ. އިހަވަންދޫ/އާޒާދީބަހާރުއަށް ރުހުން ހޯދުމަށް ރައީސް އިބްރާހިމް މިހައްމަދު ސޯލިހް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީ އިއްވާފަ އެވެ.
އެ ސިޓީ ފުޅާ ގުޅިގެން އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓްޕްރައިސް (އެސްއޯއީ) ކޮމިޓީއަށް މިއަދު ވަނީ ފޮނުވައިފަ އެވެ.
ކޮމިޓީން އެ މައްސަލަ އިތުރަށް ދިރާސާކޮށް އެސްއޯއީ ކޮމިޓީން ހއ. އިހަވަންދޫ ޕްރިންސިޕަލްގެ މަގާމު ފުރުއްވާފައިވާ ފިރާޒަށް ރުހުން ދީފިނަމަ މަޖިލީހުގެ މެންބަރުންގެ ވޯޓެއް ނަގަން ނިންމާނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް