ރައީސް ޔާމީން ހއ އަށް ކުރައްވާ ދަތުރު ފަސްކޮށްފި
ރައީސް ޔާމީން ހއ.ގެ 5 ރަށަކަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރު މޫސުން ގޯސްވުމާއި ގުޅިގެން ފަސްކުރައްވައިފިއެވެ.
މިމަހު 12 އިން 15 އަށް ހއ. ކެލާ، ބާރަށް، ދިއްދޫ، އިހަވަންދޫ އަދި ތުރާކުނަށް ރައީސް ޔާމީން ވަޑައިގަންނަވާނެ ޕީޕީއެމުން މީގެ ކުރިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް މޫސުން ތަންނުދޭތީ އެ ދަތުރުތައް ވަނީ ކެންސަލްކުރައްވާފައެވެ.
ޕީޕީއެމުން މިއަދު ބުނީ މޫސުން ގޯސްވެ ވައިގަދަވެ، ކަނޑުގަދަވުމުގެ ސަބަބުން ރައީސް ޔާމީން ހއ.ގެ ފަސް ރަށަކަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކޮށްފައިވާ ކަމަށެވެ.
އަދި މޫސުން ރަނގަޅުނަމަ އަންނަ ހޮނިހިރު ދުވަހު ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޕީޕީއެމުން ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް