އާ ސަރުކާރުގެ ފުރަތަމަ ބަޖެޓް ފާސްކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2019 ވަނަ އަހަރަށް ބޭނުންކުރުމަށް ހަމަޖެހިފައިވާ ބަޖެޓް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މި ބަޖެޓް ފާސްކޮށްފައިވަނީ ކޮމެޓީން ފޮނުވިގޮތަށް، ރައްޔިތުންގެ މަޖިލީހުގެ މިރޭގެ ޖަލްސާއަށް ހާޒިރުވެ ވަޑައިގެން ތިއްބެވި ބޭފުޅުންގެ އަހުލަބިއްޔަތުންނެވެ.
30.3 ބިލިޔަން ރުފިޔާގެ މި ބަޖެޓަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަންނަ އަހަރު ބޭނުންކުރާނެ ބަޖެޓެވެ. މި ބަޖެޓް ތައްޔާރުކޮށްފައިވަނީ ކުރީގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރ މުހައްމަދު މުނައްވަރުގެ ބެއްލެވުމުގެ ދަށުންނެވެ.
މި ބަޖެޓް ފުރަތަމަ ހުށައެޅި އިރު އަންނަ އަހަރު 26.7 ބިލިއަން ރުފިޔާ ޚަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ލަފާ ކުރިއެވެ. އަދި އާމްދާނީއާއި ހިލޭ އެހީގެ ގޮތުގައި 23 ބިލިއަން ރުފިޔާ ލިބޭނެކަމަށްވެސް ފާހަގަކުރިއެވެ. އަދި ބަޖެޓު ޑެފިސިޓްގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ އަރަނި ވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
ނަމަވެސް ބަޖެޓް އިސްލާހުކުރުމަށްފަހު ވަނީ އާންމު އޮފީސްތަކުގެ ބަޖެޓުންނާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިމެނޭ، ބަޖެޓްގެ ބައި ޕީއެސްއައިޕީ ހިމެނޭ ގޮތުން އިތުރު 180 މިލިއަން ރުފިޔާ ބަޖެޓްގެ ހަރަދުތަކުގެ ތެރެއަށް ވަނީ އިތުރުކޮށްފައެެވެ.
މި ބަޖެޓްގައި ސަރުކާރުގެ ގިނަ ވައުދުތައް ފުއްދުމަށް ފައިސާ ވަނީ އެކަށައެޅިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް