މީހަކު މަރުވި ގަމު އެކްސިޑެންޓް: މީހަކު ހައްޔަރު ކޮށްފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ލ. ގަމުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ މީހަކު ނިޔާވި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފި އެވެ.
ހައްޔަރު ކޮށްފައިވަނީ ލ. ފޮނަދޫ، ހޯރަވިލާ އުމުރުން 37 އަހަރުގެ މުހައްމަދު ނައުސާން އެވެ. އޭނާގެ ބަންދާއިމެދު ގޮތް ނިންމަން ހާޒިރުކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފަ އެވެ.
ނައުސާން އަކީ އެކްސިޑެންޓްވީ ސައިކަލު ދުއްވި މީހާ އެވެ.
ރޭގެ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވީ ލ. މާވަށް އެތުމާ، މަރިޔަމް މޫސާ (މަރިޔަމްފުޅު) އެވެ. އުމުރުން 64 އަހަރުގެ މަރިޔަމް ނިޔާވީ މާލޭގައި އުޅުމަށް ފަހު ލ އަތޮޅަށް ގޮސް ލޯންޗަށް އަރަން ދަނިކޮށެވެ.
އެކްސިޑެންޓްވީ ބޭރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލަކުން ޖެހި އެވެ. އެކްސިޑެންޓްގައި ދެ އަންހެނުންނާއި ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް