ބޮލިދުއްފަރު ކައިރިން ފެނުނު ކިނބޫ ހިފުމަށްފަހު ދޫކޮށްލައިފި
ކ.ބޮލިދުއްފަރު ކައިރިން ފެނުނު ކިނބޫ އެމްއެންޑީއެފް ކޯސްޓްގާޑުން ހިފުމަށްފަހު، އެރަށު 24 ނޯޓިކަލް މޭލު ބޭރަށް ދޫކޮށްލައިފިއެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދިން ގޮތުގައި، އެ ކިނބުލުގައި 14 ފޫޓު ހުރެއެވެ.
ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ކ. ބޮލިދުއްފަރު ގޮނޑުދޮށާ ކައިރިން މި ކިނބޫ ފެނިފައި ވަނީ އިއްޔެއެވެ. އަދި އެ ކިނބޫ އެމްއެންޑީއެފް ކޯސްޓްގާޑުން ހިފާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
"މި ކިނބޫ ހިފުމަށްފަހު ކ.ބޮލިދުއްފަރުން 24 ނޯޓިކަލް މޭލު ބޭރަށް މިހާރުވަނީ ދޫކޮށްލާފަ،" އެމްއެންޑީއެފްއިން ބުންޏެވެ.
މީގެ އިތުރުން އެމްއެންޑީއެފްއިން ބުނީ، މިވަގުތު އެމްއެންޑީއެފް ޓީމުން މާލެއަށް ދަތުރު ކުރަމުން ދާތީ، އިތުރު މައުލޫމާތު އަދި ނުލިބޭ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް