އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ-- ފޮޓޯ: އަދާލަތު ޕާޓީ
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ-- ފޮޓޯ: އަދާލަތު ޕާޓީ
ހަބަރު 13 Jan 2023 | 09:16

އަދާލަތު ޕާޓީގެ ސިޔާސީ ނިންމުންތައް ނިންމާނީ ދީނީ މަސްލަހަތަށް ބަލާފައި: ޢިމްރާން

އަދާލަތު ޕާޓީގެ ސިޔާސީ ނިންމުންތައް އަބަދުވެސް ނިންމާނީ އިސްލާމް ދީނާއި ރައްޔިތުންގެ މަސްލަހަތު އެންމެ ބޮޑަށް ހާސިލް ކުރެވޭނެ ގޮތް ބަލައިގެން ކަމަށް އެޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޢިމްރާން ވިދާޅުވެއްޖެއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ސިޔާސީ އެންމެ ބޮޑު ދެ ޕާޓީ، އެންޑީޕީ އަދި ޕީޕީއެމް އިން ފޯރީގައި ތައްޔާރު ވަމުން އަންނައިރު، މި އިންތިޚާބު ގައި އަދާލަތު ޕާޓީން ވާދަ ކުރާނެކަން ނުވަތަ ނޫންކަމެއް އެ ޕާޓީން ހާމަކޮށްފައެއް ނުވެއެވެ.

އެހެން ނަމަވެސް، އެހެން ފަހަރު ތަކެކޭ އެއްފަދައިން ކޮންމެވެސް އެއް ޕާޓީއަކާއި ކޯލިޝަން ހަދާނެކަން ވަރަށް ބޮޑަށް ޔަގީންވެއެވެ.

އެގޮތުން ކުރިއަށް އޮތް ތަނުގައި ރިޔާސީ އިންތިހާބާއި ގުޅިގެން އަދާލަތު ޕާޓީން ނިންމާނެ ނިންމުމާއި ގުޅިގެން ޢިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ޕާޓީގެ ސިޔާސީ ނިންމުންތައް އަބަދުވެސް ނިންމާނީ އިސްލާމް ދީނާއި ، ގައުމާއި، ރައްޔިތުންގެ މަސްލަހަތު އެންމެ ބޮޑަށް ހާސިލް ކުރެވޭނެ ގޮތް ބަލައިގެން ކަމަށެވެ.

އަދާލަތު ޕާޓީއަކީ ދީނީ ޢިލްމުވެރިން ހިމެނިގެން އުފެދިގެން އައިސްފައިވާ ޕާޓީއަކަށް ވާއިރު، އަދުގެ ސަރުކާރުގެ ކޯލިޝަންގައި ވެސް އެ ޕާޓީ ހިމެނެއެވެ.

އަދި ދީނީ ޕާޓީއެއް ކަމަށް ދައުވާ ކުރަމުން، ސަރުކާރުގެ ކޯލިޝަންގައި ވެސް ހިމެނޭއިރު، ސަރުކާރުން ހިންގަމުންދާ ލާދީނީ ކަންކަމާއި ދެކޮޅަށް އެ ޕާޓީން "ޗުއްޕު" ވެސް ނުބުނާތީ ގިނަބަޔަކު އަންނަނީ އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ވަކިން ޚާއްޞަކޮށް، މި ސަރުކާރު އައި ފަހުން، އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލައާއި، މަސާޖު ޕާލަރުތަކާއި، ހަށިވިއްކުން އެތައް ގުނައެއް އިތުރުވެ، ވަރަށް ފާޅުގައި ކުރަމުންދާއިރު، އެކަންކަން ހުއްޓުވުމުގެ ޒިންމާ އަދާ ކުރާ ހޯމް މިނިސްޓްރީގެ މިނިސްޓަރުގެ މަގާމް ގައި އިމްރާން ހުރެމެ، އެކަންކަން ނުހުއްޓޭތީ ދީނީ ޢިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުން ވެސް އަންނަނީ ފާޑުކިޔަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.