ވަކި ރަށަކަށް ނިސްބަތްވުމަކީ މޮޅުކަމެއް ދެރަކަމެއް ނޫން: އުގެއިލް
ދިވެހިރާއްޖޭގެ ވަކި ރަށަކަށް ނިސްބަތްވުމަކީ މޮޅުކަމެއް އަދި ދެރަކަމެއް ނޫންކަމަށް މަޝްހޫރު ޕްރޮފެސަރ ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ.
އުގެއިލް މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
ޕްރޮފެސަރ އުގެއިލް ވިދާޅުވީ ދިވެހިންނަކީ އެއްބައެއްކަމަށާއި ވަކި ރަށަކަށް ނިސްބަތް ވުމަކީ ވަކި މޮޅުކަމެއް ނޫން އަދި ވަކި ދެރަކަމެއް ވެސް ނޫންކަމަށެވެ.
"އެކުވެރިކަމަކީ އަބަދު ވެސް ގަދަފަދަ ބާރެއް. އެއާ ހިލާފަށް ވަކިވެގަތުމަކީ ނިކަމެތި ކަމެއް"، އެބޭފުޅާ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އުގެއިލް މިހެން ވިދާޅުވެފައިވާ ދަނޑިވަޅަކީ މާލޭގެ ގެދޮރުވެރިކަމުގެ މައްސަލައާއި ފަލަސްތީނުގެ ހާލަތާއި އެއްވަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވުމާއި ގުޅިގެން ބޮޑު ބަހުސެއް އުފެދިފައިވާ ދަނޑިވަޅެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް