މާލޭގައި މާރާމާރީ އެއް ހިންގައި މީހަކު ޒަޚަމްކޮށްލައިފި
މާލޭގައި މާރާމާރީ އެއް ހިންގައި މީހަކު ޒަޚަމްކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހެންވޭރު އަޝްރަފީ މަގުގައި މާރާމާރީ އެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ރޭ ދަންވަރު 3:00 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ނި މާރާމާރީ ގައި ޒަޚަމްވި މީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެެވެ.
މީގެ އިތުރުން މީޑިއާ އޮފިޝަލް ވިދާޅުވީ، މާރާމާރީ އާއި ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށާއި، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް