ޕޯސްޓުން ރާއްޖެއަށް އެތެރެކުރި 120 ގްރާމްގެ ކެނަބިސް އަތުލައިގެންފި
ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރި 120 ގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ މިމަހުގެ ހަތް ވަނަ ދުވަހު ޕޯސްޓު މެދުވެރިކޮށް ގެނައި ޕެކޭޖްތައް އެކްސްރޭކުރުމުގެ ތެރޭގައި، ޝައްކު ކުރެވިގެން އިތުރަށް ބަލައި ފާސްކުރުމަށް ނިންމި ޕެކޭޖެއްގެ ތެރެއިން ހިކިފަތްތަކެއް ފެނިގެން އެ ތަކެތި ތަހުލީލު ކުރެވިފައިވާ ކަމަށެވެ.
އަދި އެ ޕެކޭޖުތަކަކީ އެމެރިކާއިން ރާއްޖެ ގެނެސްފައިވާ ޕެކޭޖް ތަކެއް ކަމަށް ކަސްޓަމްސް އިން ބުނެފައިވެއެވެ.
އެތަކެތި ޓެސްޓު ކުރުމުގެ ފުރަތަމަ މަރުހަލާގައި، އެތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެ މަސްތުވާތަކެތީގެ ބަރުދަނުގައި 120 ގްރާމް ހުރިއިރު، މިތަކެތީގެ އަގު 96،000 ރުފިޔާއަށް އަރާ ކަމަށްވެސް ކަސްޓަމްސް އިން ބުނެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް