ދަ ޑިމޮކްރެޓްސްގެ ހަރުގެއަށް ކަޅުތެޔޮ ޖަހައިފި
ދަ ޑިމޮކްރެޓްސްގެ ހަރުގެއަށް ބަޔަކު ކަޅުތެޔޮ ޖަހައިފިއެވެ.
ދަ ޑިމޮކްރެޓްސްގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ހަރުގެއެއްގެ ގޮތުގައި ބޭނުން ކުރަމުންދަނީ ކުރިން އެމްޑީޕީގެ މައި ހަރުގޭގެ ގޮތުގައި ބޭނުނަ ކުރަމުން ދިޔަ ހަރުގެއެވެ.
ރޭ ދަ ޑިމޮކްރެޓްސް ގެ ބައެއް މެމްބަރުންވެސް އެތަނުގައި ތިއްބައި ކަޅުތެޔޮ ޖެހި ބަޔަކު އެކަން ކޮށްފައި ވަނީ ސައިކަލުގައި ދަމުންނެވެ. އަދި ދަ ޑިމޮކްރެޓްސްގެ ބޯޑަށާއި އެތަނުގައި ހުރި ބައެއް އުޅަނދުތަކަށް ކަޅުތެޔޮ ޖެހިފައިވެއެވެ.
އަދި އެތަނުގައި ތިބި ބައެއް މީހުންގެ ގަޔަށްވެސް ކަޅުތެޔޮ ޖެހިފައިވެއެވެ.
ދަ ޑިމޮކްރެޓްސްގެ ހަރުގެއަކީ އެޕާޓީއަށް މީހުން ވެއްދުމާއި އަދި ވެސް އެޕާޓީގެ އިތުރު ހަރަކާތްތައް ހިންގުމަށް ބޭނުންކުރަމުންދާ ތަނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް