ދުއްވާފައި ދިޔަ ސައިކަލަކާއި ބުޅަލެއް ޖެހި، ސައިކަލު ދުއްވިމީހާ އައިސީޔޫގައި ފަރުވާހޯދަނީ
ފުވައްމުލަކުގައި ދުއްވާފައި ދިޔަ ސައިކަލަކާއި ބުޅަލެއް ޖެހި އެކްސިޑެންޓުވެ، ސައިކަލު ދުއްވިމީހާ އައިސީޔޫގައި ފަރުވާހޯދަން ފަށައިފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ފުވައްމުލަކު ސިޓީގެ މިސްކިތް މަގުން ދުއްވާފަ ދިޔަ ސައިކަލެއް ބުޅަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށް ރޭ 21:00 ގައި ފުލުހުނަށް ރިޕޯޓް ލިބިފައިވާ ކަމަށެވެ.
އެ އެކްސިޑެންޓްގައި ސައިކަލު ދުއްވި 36 އަހަރުގެ އަންހެން މީހާއަށް ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
އެކްސިޑެންޓް ހިނގި އިރު ސައިކަލު ފަހަތުގައި އިން އެމީހާގެ 12 އަަހަރުގެ އަންހެން ދަރިފުޅަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ އިތުރު ފަރުވާ އަށް މިއަދު މާލެ ފުރުވައިލަން އަންނަނީ މަސައްކަތްކުރަމުންނެވެ. އެކްސިޑެންޓްގައި ސައިކަލުން ޖެހުނު ބުޅާ ވަނީ މަރުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް