ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބަލަހައްޓަން އީސީން ފުލުހުންނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި
ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެކަމަށްޓަކައި ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަންގެ ރައީސް ފުއާދު ތަޢުފީޤުއެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު އީސީގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މި އެއްބަސްވުމަކީ އިލެކްޝަންސް ކޮމިޝަނުން ކުރާ އިންތިޚާބާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މަގުފަހިކޮށްދިނުމަށް ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށެވެ.
އަދި މިއީ އިލެކްޝަންސް ކޮމިޝަންސްގެ ސަލާމަތީ ކަންކަމާއި އިންތިޚާބާ ގުޅުންހުރި ކަމެއްގެ ގޮތުގައި މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އެނޫންވެސް ކަންކަމުގައި އެ ކޮމިޝަންގެ ފަރާތުން ފުލުހުންގެ އެހީތެރިކަމަށް އެދިއްޖެނަމަ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެފަރާތުން އަމަލުކުރާނެ ގޮތްތަކާ ހަމަތައް ބަޔާންކުރާ އެއްބަސްވުމެއް ކަމުގައި ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް