ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށަނީ
ށ. ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އިިއްޔެ ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރެވުނު ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
އެގޮތުން މި މަޝްރޫޢުގެ ދަށުން، އެ ރަށުގެ 12,145 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 7,878 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 670 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 60 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ކުރެވިގެން ދާނެއެވެ.
މިއާއިއެކު މި މަޝްރޫޢަކީ 18.56 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަމަށް އެމްޓީސީސީ އިން ވަނީ ފާހަގަކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް