ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ/ ފޮޓޯ: އަދަދު
ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ/ ފޮޓޯ: އަދަދު
ހަބަރު 13 Jul 2023 | 10:08

ރަސޫލާގެ ހަދީސް ބަސްފުޅެއްކަމަށް ވިދާޅުވެ އިމްރާނު ހެއްދެވީ އިތުރުފުޅެއް!

ރިޔާސީ އިންތިޚާބުގެ ވޯޓާއި ޖެހެންދެން ނުނިދާ ހޭލާ ތިބެގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ކެމްޕޭނުގައި މަސައްކަތްކުރުމަށް ހިތްވަރުދެއްވާ ހޯމް މިނިސްޓަރު އަދި މި ސަރުކާރުގެ ކޯލިޝަން ޕާޓުނަރު އަދާލަތު ޕާޓީގެ ރައީސް އިމްރާނު އަބްދުالله ކީރިތި ރަސޫލާ ޞައްލަالله ޢަލައިހި ވަސައްލަމަގެ ހަދީސް ބަސްފުޅެއްކަމަށް ވިދާޅުވެ ބޭނުންކުރެއްވީ ރަސޫލާގެ ހަދީސެއް ނޫންކަން ހާމަވެއްޖެ އެވެ.

ރައީސް ޞާލިހުގެ ރިޔާސީ ކެމްޕޭނަށް ށ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅުގެ ފޯކައިދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އިމްރާނު ވިދާޅުވީ ރަސޫލާ ޞައްލަالله ޢަލައިހި ވަސައްލަމައަށް ފާޅުގައި އިސްލާމްދީނަށް ދައުވަތު ދެއްވަން މާތްﷲ ސުބްޙާނަހޫ ވަތަޢާލާ އެންގެވުމުން އެކަލޭގެފާނުގެ އަނބިކަނބަލުން މާތްﷲ އެކަމަނާއަށް ރުއްސުންލެއްވި ޚަދީޖަތުގެފާނުގެ އަރިހަށް ވަޑައިގެން، ނިދުމާއި އަރާމުކުރުމުގެ ޒަމާން ފާއިތުވެއްޖެކަމަށް ހަދީސްކުރެއްވި ކަމަށެވެ.

އިމްރާނު އެ މިސާލު ނެންގެވީ ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަންވެފައިވާއިރު، ރައީސް ޞާލިހަށް ދެވަނަ ދައުރެއް ހޯއްދަވާދެއްވުމަށް ކެމްޕޭނު ޓީމުތަކުން ނިދުމާއި އަރާމާއި ދޫކޮށް މަސައްކަތްޕުޅު ކުރެއްވުމަށް ހިތްވެރުދެއްވުމަށެވެ. އަދި އޭނާ ވަނީ އިންތިޚާބާއި ޖެހެންދެން މި އޮތް ދުވަސްތަކުގައި ހުއްޓުމެއްނެތި އެ މަސައްކަތް ކުރުމަށް ގޮވާލައްވާފަ އެވެ.

އެހެން ނަމަވެސް ރަސޫލާގެ ހަދީސްބަސްފުޅެއްކަމަށް އިމްރާނު ވިދާޅުވި އިބާރާތަކީ ރަސޫލާގެ ހަދީސް ބަސްފުޅުތައް ލިޔުއްވާފައިވާ އެއްވެސް ހަދީސް ފޮތެއްގައި އޮތް އިބާރާތެއް ނޫނެވެ.

ސަލާމާއި ޞަލަވާތް ލެއްވި މާތް ނަބިއްޔާއަށް ނިސްބަތްކުރައްވައި މިބަސްފުޅު ގެންނަވާފައިވަނީ "ފީ ޡިލާލިލް ޤުރުއާން"ގެ މުއައްލިފު ސައްޔިދު ޤުޠުބެވެ.

ސައްޔިދު ޤުޠުބުގެ ފޮތުގައި ނަބިއްޔާއަށް ނިސްބަތްކުރައްވައި ގެންނެވި ޢިބާރާތަކީ "مضى عهد النوم ياخديجة" އެވެ. މާނައަކީ "އޭ ޚަދީޖާއެވެ. ނިދިކުރެއްވުމުގެ ދުވަސްތައް މާޒީވެއްޖެއެވެ."

އެހެން ނަމަވެސް މި ބަސްފުޅާއި މެދު ވަރަށް ބޮޑަށް ހޯދައި ބަލައިގެން ވެސް އެއްވެސް ހަދީސް ފޮތަކުން އެ ހަދީސް ފެނިވަޑައިގެންފައި ނުވާތީ އެއީ ހަދީސެއްކަމުގައި ދެކިވަޑައިނުގަންނަވާކަމަށް އިލްމުވެރިން ވަނީ ހާމަކުރައްވާފަ އެވެ.

އެހެންކަމުން ރައީސް ޞާލިހުގެ ކެމްޕޭނު ޓީމުތަކުން ނިދުމާއި އަރާމުކުރުން ދޫކޮށް އެ މަސައްކަތުގައި ޝާމިލުވުމަށް ހިތްވްރުދީ އިމްރާނު ބޭނުންކުރި އިބާރާތަކީ ސައްޙަ ހަދީސެއް ނޫން ކަމަށާއި، އިމާރަނުގެ އެ އިބާރާތަކީ އަރަބި ބަހުގެ ޤަވައިދަށްވެސް ނުފެތޭ އިބާރާތެއްކަން ވަނީ ހާމަވެގެން ގޮސްފަ އެވެ.

ރައީސް ޞާލިހަށް ހުށާމަދުކުރަމުން މީގެކުރިން ވެސް ރަސޫލާއަށް ނިސްބަތްކުރައްވާ އިމްރާނު ދެއްކެވި ވާހަކަތަކަށް ރާއްޖޭގެ ގިނަ އިލްމުވެރިންގެ ބޮޑެތި ފާޑުކިޔުންތަކެއް ވެސް އަމާޒުވެގެން ދިޔައެވެ.

އަދި އިމްރާނު ރައީސަށް ހުޝާމަދުކޮށް ދެއްކި ވާހަކަތަކަށް އޭނާ ރާއްޖޭގައި ދިރިއުޅޭ ސައްތައިން ސައްތަ މުސްލިމު ރައްޔިތުންގެ ކިބައިން މާފަށް އެދުމަށް ވެސް އިމްލުވެރިން ގޮވާލެއްވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި
14 Oct 2026 ހަބަރު

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި

ޒަހަމްވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ. ފުލުހުން ބުނީ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ
14 Oct 2026 ހަބަރު

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ

ރިޒާވް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ސެޕްޓެމްބަރު މަހު ލިބުނު ބޭރު ފައިސާއަށް ވުރެ އެ އޮތޯރިޓީން ދޫކުރި ބޭރު ފައިސާގެ މިންވަރު އިތުރުވުމެވެ. އެގޮތުން، އޮގަސްޓު މަހާ އަޅައިބަލާއިރު ސެޕްޓެމްބަރު މަހު ދޫކުރި ބޭރު ފައިސާގެ މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ
14 Oct 2026 ހަބަރު

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ގިނަ ޢަދަދެއްގެ މިސްކިތްތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވެއެވެ.

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ
14 Oct 2026 ހަބަރު

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ

އެމްޕީއެލުން ވަނީ އުޅަނދުތަކުގެ މުއްދަތު ހަމަވެފައިވާ ސެޓްފިކެޓްތައް އައުކުރުމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުގައި ނިޝާން ޖެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް އިލްތިމާސްކޮށްފައެވެ.

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
14 Oct 2026 ހަބަރު

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ

ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ވާގޮތުން މިހިނގާ އޮކްޓޯބަރުމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން އެހީ އާއި ސަބްސިޑީގެ ގޮތުގައި ވަނީ 10.4 ބިލިއަން ރުފިޔާ ހޭދަވެފައެވެ.

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ
14 Oct 2026 ހަބަރު

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ

އެ އަތޮޅުތަކަށް ނެރުނީ ހުދު ސަމާލެވެ. މެޓް އޮފީހުން މި އިންޒާރު ނެރެފައިވަނީ މިރޭ 12 ޖެހުމާއި ހަމައަށެވެ.

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ
14 Oct 2026 ހަބަރު

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި
14 Oct 2026 ހަބަރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

އަފީފަކީ ކުރީން ފެނަކައިގެ ޗެއާމަން ކުރެއްވި ބޭފުޅެކެވެ. ސްޓެލްކޯއާ އެމްޓީސީސީގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ.