މާފަންނު އުުތުރު ދާއިރާގެ މެމްބަރު އަދި ޑިމޮކްރެޓްސް ރިޔާސީ ކެމްޕޭނުގެ ތަރުޖަމާނު އިމްތިޔާޒް ފަހުމީ. ފޮޓޯ: ވަގުުތު
މާފަންނު އުުތުރު ދާއިރާގެ މެމްބަރު އަދި ޑިމޮކްރެޓްސް ރިޔާސީ ކެމްޕޭނުގެ ތަރުޖަމާނު އިމްތިޔާޒް ފަހުމީ. ފޮޓޯ: ވަގުުތު
ހަބަރު 13 Aug 2023 | 14:04

ޑިމޮކްރެޓްސްގެ މެމްބަރުންނަށް ޕީޕީއެމާއި އެކު ކޯލިޝަން ހެދުމަކީ ފަސޭހަ ކަމައްނޫން: އިމްތިޔާޒް

ޕީޕީއެމާއި އެކު ކޯލިޝަން ހެދުމަކީ ދަ ޑިމޮކްރެޓްސްގެ ޢާންމު މެމްބަރުންނަށް އެންމެ ފަސޭހަ ކަމަކަށް ނުވެދާނެ ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެމްޕޭނުގެ ތަރުޖާމަނު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ މިއަދު ވިދާޅުވެއްޖެ އެވެ.

އިމްތިޔާޒު މިހެން ވިދާޅުވީ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ ކެމްޕެއިން ތަރުޖަމާނެއްގެ ހައިސިއްޔަތުން އެންމެ ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސް އިން ޕީޕީއެމްއާ އެކު ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިމްތިޔާޒު ވިދާޅުވީ ޕާޓީގެ އާންމު މެމްބަރުންނަށް އެކަން ފަސޭހަ ކަމަކަށް ނުވެދާނެ ކަމަށާއި ނަމަވެސް، އެކަން ނިންމާނީ ޕާޓީން ކަމަށެވެ.

އިމްތިޔާޒް މިހެން ވިދާޅުވެފައިމިވަނީ ފުވައްމުލަކުގައި މިދިޔަ ހަފްތާގައި ބޭއްވި ޖަލްސާގައި ނަޝީދު ވަނީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށް ސަރުކާރަށް ގޮވާލައްވާފައި ވަނިކޮށެވެ.

ޑިމޮކްރެޓްސްގެ ޢާންމު މެމްބަރުންނަށް ޑރ މުޢިއްޒު އާއި އެކު ކޯލިޝަން ހެދުމަށް ފަސޭހަ ނުވެދާނެ ކަމަށް ވިދާޅުވިއިރު ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ  ޑިމޮކްރެޓްސްއާ އެކު މަސައްކަތް ކުރަން ޕީޕީއެމް-ޕީއެންސީން އެއްބަސްވެ، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރާތާ ހަފުތާއެއްގެ ތެރޭގައި، މާލޭގެ މަގުމަތީގައި އަބަދު އުޅެގެން ވެސް، ރައީސް ޔާމީން ގެއަށް ގެނެސްދެއްވާނެ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި
15 Oct 2026 ހަބަރު

ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި

ހެނދުނު 11:30 އިން މެންދުރު 1:30 އަށް، ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެން މަގުތަކުގައާއި ބުރިޖު އަދި ހައިވޭގައި މިފަދަ އުޅަނދުތައް ދުއްވުން ވަނީ މަނާކޮށްފަ އެވެ.

ފެނަކަ ހިންގުން ވަގުތީގޮތުން ސްޓެލްކޯގެ އެމްޑީ ޑރ. އަލީ އަޒުވަރަށް
15 Oct 2026 ހަބަރު

ފެނަކަ ހިންގުން ވަގުތީގޮތުން ސްޓެލްކޯގެ އެމްޑީ ޑރ. އަލީ އަޒުވަރަށް

އަޒުވަރު މި މަގާމަށް އައްޔަންކޮށްފައިވަނީ، އިއްޔެ ފެނަކައިގެ އެމްޑީގެ މަގާމުން ވަކިކުރި މުހައްމަދު އަފީފް ހުސައިން ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް މިއަދު އައްޔަންކުރުމަށްފަހުގައެވެ.

ފެނަކައިން ވަކިކުރި އަފީފު ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމަށް
15 Oct 2026 ހަބަރު

ފެނަކައިން ވަކިކުރި އަފީފު ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމަށް

ފެނަކައިގެ އެމްޑީގެ މަގާމުން އޭނާ ވަކިކޮށްފައިވަނީ އެ ކުންފުނި އުވައިލުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެންނެވެ.

މިނިވަން ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ހުޅުވައިލުމަށް ހަރުދަނާ އުސޫލުތަކުން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭނަން: އެމްޑީޕީ
15 Oct 2026 ހަބަރު

މިނިވަން ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ހުޅުވައިލުމަށް ހަރުދަނާ އުސޫލުތަކުން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭނަން: އެމްޑީޕީ

ރާއްޖޭގައި މިނިވަން ވިޔަފާރީގެ ފުރުސަތުތައް ފުޅާކުރުމަށް ހަރުދަނާ އުސޫލުތަކުގެ ތެރެއިން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

އުުރީދޫއިން ރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ކުރިއަށްގެންދާ "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފި
15 Oct 2026 ހަބަރު

އުުރީދޫއިން ރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ކުރިއަށްގެންދާ "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފި

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މިސްކިތްތައް މަރާމާތުކޮށް، އެ ތަންތަނުގެ ހާލަތު ރަނގަޅުކުރުމަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި، އުރީދޫ މޯލްޑިވްސް އިން އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި ގުޅިގެން، އެ ކުންފުނީގެ ސީ.އެސް.އާރުގެ ދަށުން "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ދިރާސާއާ ގުޅޭ ދާއިރާތަކުން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް 13 ސްކޮލަރޝިޕް ދޫކުރަނީ
15 Oct 2026 ހަބަރު

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ދިރާސާއާ ގުޅޭ ދާއިރާތަކުން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް 13 ސްކޮލަރޝިޕް ދޫކުރަނީ

ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ނަމުގައި ހިންގާ މި މަޝްރޫއުން ތިން ދާއިރާއަކުން ބެޗެލާސް އަދި މާސްޓާސް ފެންވަރުގެ ކޯސްތައް ހިމެނެއެވެ. ފިޝަރީޒް ދާއިރާއިން ފިޝަރީޒް މެނޭޖްމަންޓާއި މެރިޓައިމް އެފެއާޒް އިން ދެ މާސްޓާސް ޖާގައާއި، އެކުއާކަލްޗަރާއި ފިޝަރީޒް ސައިންސާއި މެރިން ސައިންސް ފަދަ ދާއިރާތަކުން ތިން ބެޗެލާސް ޖާގަ ހިމެނެއެވެ. މެރިން ރިސަރޗާއި މެރިކަލްޗަރ ދާއިރާއިން ތިން މާސްޓާސް ޖާގައާއި އެއް ބެޗެލާސް ޖާގަ ހުޅުވާލާފައިވާ އިރު، އެގްރިކަލްޗަރ ދާއިރާއިން އެއް މާސްޓާސް ޖާގައާއި ތިން ބެޗެލާސް ޖާގަ ހިމެނެއެވެ.

އަމާޒަކީ އެކަށައެޅިފައިވާ ބާވަތްތައް އިމްޕޯޓް ނުކޮށް ރާއްޖޭގައި އުފެއްދުން: ރައީސް ޑރ. މުޢިއްޒު
15 Oct 2026 ހަބަރު

އަމާޒަކީ އެކަށައެޅިފައިވާ ބާވަތްތައް އިމްޕޯޓް ނުކޮށް ރާއްޖޭގައި އުފެއްދުން: ރައީސް ޑރ. މުޢިއްޒު

ސަރުކާރުގެ އަމާޒަކީ ދަނޑުވެރިކަމުގެ ވަކި ބާވަތްތަކެއް ކަނޑައަޅައި، އެ ތަކެތި އިމްޕޯޓްކުރުމާ ނުލައި ރާއްޖެއަށް ބޭނުންވާ މިންވަރަށް އަމިއްލަ ފަސްގަނޑުގައި ހައްދައި ބާޒާރަށް ނެރެވޭނެ މަގުފަހިކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ކަންބޮޑުވުން: މިހާރު ސްކޫލްތަކުގައި ލަވަ މުބާރާތްތަކާއި އިތުރު ހަރަކާތްތަކެއް ނުބާއްވާ؛ މުޅި ޖީލު ހަލާކުވަނީ
15 Oct 2026 ހަބަރު

ރައީސް ނަޝީދުގެ ކަންބޮޑުވުން: މިހާރު ސްކޫލްތަކުގައި ލަވަ މުބާރާތްތަކާއި އިތުރު ހަރަކާތްތަކެއް ނުބާއްވާ؛ މުޅި ޖީލު ހަލާކުވަނީ

ރާއްޖޭގެ ސްކޫލްތަކުގައި ކުރިއަށްގެންދާ އިތުރު ހަރަކާތްތަކާއި ލަވަ މުބާރާތްތައް ހުއްޓި، ތަޢުލީމީ މުޅި ޖީލެއް ހަލާކުވަމުންދާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.