ޕްރިންސް އެންޑްރިއު އެޑިންބަރާގައި -- ފޮޓޯ: ރޮއިޓާސް
ޕްރިންސް އެންޑްރިއު އެޑިންބަރާގައި -- ފޮޓޯ: ރޮއިޓާސް
ދުނިޔެ 13 Sep 2022 | 02:37

ޕްރިންސް އެންޑްރިއު އަކީ ޖިންސީ ކުށްވެރިއެއްކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

މަންމާފުޅު ރާނީ އެލިޒަބަތު ދެވަނައިގެ ހަށިކޮޅުގެ ފަހަތުން ވަޑައިގަންނަވަނިކޮށް ސްކޮޓްލޭންޑުގެ އެޑިންބަރާގައި ޕްރިންސް އެންޑްރިއު އަކީ ޖިންސީ ކުށްވެރިއެއްކަމަށް ބުނި މީހަކު ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ހައްޔަރުކޮށްފައިވާ ފިރިހެންމީހާ ވަނީ ޕްރިންސް އެންޑްރިއު އަކީ މުޑުދާރު މުސްކުޅި މީހެއް ކަމަށް ބުނެފައެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުރެގެން އެމީހާ ފަހުން މީޑިއާ އަށް ބުނެފައިވަނީ ބާރުގަދަ ފަރާތްތަކުން ޖިންސީ ކުށްތަކަށް އަރައިގަނެ އެކުށްތަކަށް އަދަބެއް ނުލިބި ސަލާމާތް ވެގެން ނުވާނެ ކަމަށެވެ.

މިދިޔަ އަހަރު ޕްރިންސް އެންޑްރޫ ވަނީ އޭނާއާ ދެކޮޅަށް ޖިންސީ ފުރައްސާރައިގެ މައްސަލައެއް ހުށައެޅި އާއްމު ސިވިލް ކޯޓެއްގައި މައްސަލައިގެ ޝަރީއަތް ކުރިއަށްދަނިކޮށް އޭނާގެ ޝާހީ ޒިންމާތައް ދޫކޮށްލައްވާފައެވެ.

މީގެ އިތުރުން އެމެރިކާގައި ގިނަ އަދަދެއްގެ ކުޑަ އަންހެން ކުދިން ޓްރެފިކްކޮށް، އެ ކުދިންނަށް ޖިންސީ ގޯނާ ކުރުމަށް "ސެކްސް ރިންގް" އެއް ހިންގި ޖެފްރީ އެޕްސްޓީން އާއި ޕްރިންސް އެންޑްރިއު ގާތް ގުޅުމެއް ބާއްވާ ސެކްސް ރިންގުގައި ބައިވެރިވި ކަމުގެ ތުހުމަތު އެންޑްރިއުއަށްވެސް ކުރެވިފައިވެއެވެ.

މި ހާދިސާ ހިނގާފައިވަނީ ރާނީގެ ހަށިކޮޅު ހޮލީރުޑްހައުސްއާ ގަނޑުވަރުން އެޑިންބަރާގައި ހުންނަ ސެއިންޓް ގައިލްސަސް ކެތީޑްރަލް އަށް ގެންދިއުމުގެ މަގުމަތީގައެވެ. ރާނީގެ ހަށިކޮޅު ސްކޮޓްލޭންޑުގެ މަގުތަކުން ގެންދަމުންދާއިރު ގިނަ ބަޔަކު ދަނީ މަގުތަކަށް ނިކުމެ ރާނީއަށް އިހުތިރާމް އަދާކުރަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.