މުލީ އެއާޕޯޓް މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް
މުލީ އެއާޕޯޓް މަސައްކަތް ހުއްޓުމެއްނެތި ބާރަށް ކުރިއަށް ދާކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީއާ ހަވާލުކޮށް އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި މުލީ އެއާޕޯޓްގެ ފަޔަރ ބިލްޑިންގ ޕްލާސްޓްރ އެޅުމުގެ މަސައްކަތުގެ 68 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މީގެ އިތުރުން، ރަންވޭ ހިއްކުމުގެ މަސައްކަތުގެ 42 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ.
މިމަޝްރޫޢުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކުމާއި، 1،812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 1200 މީޓަރުގެ ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން ޓެކްސީވޭއަކާއި، އޭޕްރަންއެއް ގާއިމްކުރުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެމްޓީސީސީން ހާމަކުރެއެވެ.
މިމަޝްރޫޢަކީ 221.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް