އަންހެން ހެދުމުގައި ތިބި ފިރިހެނުންތަކާއި ފުލުހުން ސުވާލުކުރަނީ
އަންހެން ހެދުމުގައި ތިބި ފިރިހެނުންތަކާއި ފުލުހުން ސުވާލުކުރަނީ
ހަބަރު 13 Oct 2022 | 07:17

އަންހެން ހެދުމުގައި ފިރިހެނުން: މި ގައުމުގައި ފާޅުގައި މި ކުރަނީ ކޮންކަމެއް؟

އެންމެން ކިޔެވީ އެއް ފޮތަކުންނޭ، ފެންނަ ގޮތުން ދިހަ ބާރަ ފޮތުންނޭ، ނެތް ނުކުރާކަ ކަމެއް، މަދަރިންނޭ، ދެންވެސް ކިޔަނީ އިސްލާމުންނޭ!

މިއީ ވަރަށް ކުޑައިރުއްސުރެ އަޑުއިވޭ ޅެން ބައިތެވެ. ޝާއިރު ވަރަށް ސާދާ އިބާރާތުން ބަޔާންކޮށްފައިވާ އެވާ ވާހަކައަކީ އަދުގެ ހާލަތެވެ. މީގެ އެތައް ދުވަހެއް ކުރިން ޝާއިރުގެ ގަލަމުން ލިޔުއްވާފައި އެވާ ޚިޔާލަކީ މިއަދު އަޅުގަނޑުމެންގެ މި ސައްތައިން ސައްތަ މުސްލިމު ގައުމުގެ ހަގީގަތެވެ.

އިސްލާމްދީނުގެ ނޫރު އަޅުގަނޑުމެންނާއި ހަމަޔަށް މީގެ ގަރުނަކަށްވުރެ ކުރިން ފާޅުވެގެން ދިޔަ ހިސާބުން ފެށިގެން މިހާތަނަށް އަޅުގަނޑުމެން މިތިބީ މި ފަސްގަނޑުން އިސްލާމްދީން ނޫން ދީނަކަށް ޖާގަ ނުދިމުނަށް އެކަން އަޅުގަނޑުމެން އެންމެން އަމަލުކުރުން ލާޒިމުކުރާ ގާނޫނު އަސާސީގައިވެސް ކަޅާ ހުދުން ލިޔެގެންނެވެ.

އެތައް ޖީލުތަކެއް އުފަންވެ ބޮޑުވަމުން މިދަނީ މުސްލިމު އާއިލާތަކަށެވެ. މުސްލިމު މަންމައިންނާއި ބައްޕައިންގެ އަތްމައްޗަށެވެ. ސުކޫލުގައި ކިޔަވާ ދެނީ އިސްލާމީ މުގައްރަރެވެ. ބަންގީގެ އަޑު ފަސްވަގުތު އިވެއެވެ.

އެއްކޮޅުގައި ތިބީ ގުރުއާނާއި ސުންނަތުގައި ބަޔާންކޮށްފައިވާ އަދި އަމުރުކުރައްވާފައިވާ ގޮތަށް ހެނދުންއަޅާ މީހުންނެވެ. އަޅުގަނޑުމެންގެ ތެރޭގައި އުޅެ ބޮޑުވި ޒުވާނުންނެވެ. އަނެއްކޮޅުގައި ތިބީ، ހެނދުން ލައިގެން ބަރަހަނާ ހާލުގައި ތިބި މީހުންނެވެ. ހަމަ އަޅުގަނޑުމެންގެ ދަރިންނެވެ. ސަތޭކަ އިއްސައްތަ މި ފަސްގަނޑަށް އުފަން، މުސްލިމު މަންމައަކާއި ބައްޕައެއްގެ ހިޔާވަހިކަމުގައި، އިސްލާމީ މަންހަޖަށް ތައުލީމުވެގެން ނިކުންނަ ދިވެހި ދަރިންނެވެ.

ޝާއިރު އެ ސިފަކުރެއްވި ގޮތަށް އެއްފޮތަކުން ކިޔަވައިގެން ނިކުތަސް، މި މުޖުތަމައުގައި ފެންނަމުންދާ ކަންކަމަށް ބަލާއިރު، މިއީ 10 ބާރަގޮތަށް އެދުރުވެގެން ނިކުންނަ މީހުންކަމުގައި ފެންނަމުންދެއެވެ.

ތެދެކެވެ.! އިހުނަށްވުރެ ބޮޑަށް ރާއްޖެ މިވަނީ ބަވަނަވަމުންދާ ދުނިޔެއަަށް ހުޅުވިފައެވެ. އަޅުގަނޑުމެންގެ ކާބަފައިން ބޭނުންނުވާ އެތައް ކަމަކީ މިއަދު އަސާސީ ހައްގަކަށް ވަނީ ވެފައެވެ. ދިވެހިން ދިރިއުޅެމުން ދިޔަ ސާދާ ދިރިއުޅުން ބަވަނަވަމުންދާ ދުނިޔޭގެ އާޖުފާޖާއި އަދާހަމަކުރަމުން އަންނައިރު، އެންމެ ބޮޑު "ތަރައްގީ" އެއް އައިކަމަށް ވަނީ އެ ބުނާ ސިކުނޑި ނުވަތަ ޚިޔާލުތަކަށެވެ.

އެ ތަރައްގީއާއެކު، އަޅުގަނޑުމެން ބޭނުންވާ ހަމައެކަނި ތަރައްގީއަކީ ދުނިޔޭގެ ގައުމުތަކުން ފެންނަމުންދާ ޒަމާނީ މަގުތަކާއި، ޒަމާނީ ކާރުތަކާއި، ޒަމާނީ ދަތުރުފަތުރާއި، ޒަމާނީ ވަސީލަތްތައް އެކަންޏެއްވެސް ނޫނެވެ.

ޒަމާނީ ޗޮއިސްތަކާއި، ޓްރެންޑުތަކާއި، ބްރޭންޑުތަކަކީ މިއަދު ޒުވާނުން ޚާއްސަ އަހަންމިއްޔަތުކަމެއް ދޭ ކަންކަމަށް ވަނީ ވެފައެވެ. ތިމާގެ ޗޮއިސް ތިމާގެ ޚިޔާލު، ތިމާ ދެކޭގޮތް، ތިމާ އުފެއްދެވި ފަރާތުގެ އެންގެވުންތަކަށްވުރެވެސް މުހިންމުކަމެއްގެ ގޮތުގައި ދެކެވޭ ނުވަތަ ގަބޫލުކުރެވޭ ވިސްނުން މިއަދު މި އޮތީ އަޅުގަނޑުމެންގެ ތެރޭގައި ތަރައްގީވެ ފައްކާވެފައެވެ.

މިއީ މުސްލިމުންނާއި ދެކޮޅަށް ޔަހޫދީން ފެށި ވަރުގަދަ ފިކުރީ ހަނގުރާމައިގެ ކުރިބޯއްޓާއި ހަމަޔަށް އެމީހުންނަށް ދެވިފައިވާކަމުގެ ފުރިހަމަ މިސާލެކެވެ.

މިސާލެއް ދަންނަވާލާނަމެވެ. ސޯޝަލް މީޑިއާގައި މީގެ ކުޑަ ދުވަސްކޮޅެއް ދައުރުވި ފޮޓޯއެއްގައި ފެންނަނީ ފިރިހެނުންތަކެއް އަންހެނުންގެ ފޭރާމުން ޒީނަތްތެރިވެގެން ތިބި މަންޒަރެވެ. މިއީ އެމީހުން ގަބޫލުކުރާ ފެޝަނެވެ. އެމީހުންގެ ޗޮއިސް އެވެ. އެމީހުން އެގޮތަށް ފޭރާން އެޅުމަކީ އެހެން މީހަކަށް އުނދަގުލެއް ވާނެ ކަމެއް ނޫނެވެ. އެހެންކަމުން އެއީ އާންމުތަނެއްގައި ކުރި ނަމަވެސް އެއްވެސް މައްސަލައެއް ނޫނެވެ. އެމީހުންގެ އެ ޗޮއިސް އަށް ފާޑުކިޔުމަކީ އެއްވެސް މީހަކަށް ލިބިފައިވާ އިޚްތިޔާރެއް ނޫންކަމަށް އެ މީހުން ގަބޫލުކުރެއެވެ.

އެހެން ނަމަވެސް ފިރިހެނުން އަންހެން ހެދުން ލުމާއި، އަންހެނުންގެ ފާރާމުން ޒީނަތްތެރިވުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާކަމެއްކަން އެންމެންނަށްވެސް އެނގެއެވެ. ސުކޫލުގެ ހަތަރު ފާރުން ތައުލީމު ހާސިލްކޮށްގެން ނިކުންނަ އެއްވެސް ދަރިވަރަކަށް އެއްވެސް މުދައްރިސަކު ޔަގީނުންވެސް އެ ނޫން ގޮތަކަށް ވިދާޅުވެދެއްވާފައެއް ނުވޭނެއެވެ.

އެޔާއެކުވެސް ފިރިހެނުން އަންހެނުންގެ ފޭރާމުން ޒީނަތްތެރި ވުމަކީ މިއަދު ރާއްޖޭގައި "ނޯމަލް" ކަމެކެވެ.

މީހުންގެ ތަރުހީބު ލިބޭ ކަމެކެވެ. މީހުންގެ ސަމާލުކަން ހުއްޓޭ މަގުބޫލުކަމެކެވެ. މިފަދައިން ޒީނަތްތެރިވާ ފިރިހެނުންނާއި ދޭތެރޭ ފިޔަވަޅެއް އަޅާތަނެއް ނުފެނެއެވެ. އަދި އެމީހުންނަށް އިންޒާރެއް ދޭ ތަނެއްވެސް ނުފެނެއެވެ.

އެއަށްވުރެ ބޮޑަށް މި ގައުމުގައި މި ހިނގާ ކަންކަމަކީ މިފަދަ ކަންކަން "ނޯމަލައިޒް" ކުރުމެވެ.

އިސްލާމްދީނުގައި ހަރާންކުރައްވާފައިވާ ކަންކަމަކީ، ނުވަތަ ނަހީކުރައްވާފައިވާ މިފަދަ މުންކަރާތްތައް އެއީ ޒީނަތްތެރި ކަންކަމުގެ ގޮތުގައި ހަދާ މުސްލިމު މުޖުތަމައުގައި އެފަދަ ކަންކަން ތައާރަފުކުރަނީ، އާންމުން ނުވަތަ ޒުވާނުން ބާރުވެރިކުރުމުގެ ނަން ބޭނުންކޮށްގެންނެވެ.

އެގޮތުން އަންހެނުން ފިރިހެނުންގެ ފޭރާމުން ޒީނަތްތެރިވުމަކީ އަންހެނުން ބާރުވެރިކުރުވާ، އަދި ފިރިހެނުން އަންހެނުންގެ ހެދުން ލުމަކީވެސް ބާރުވެރިކުރުވުމުގެ ސިފަތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ދެއްކުމަށް މި ކުރެވޭ މަސައްކަތުގެ ތެރެއިން އަޅުގަނޑުމެންގެ ޒުވާން ޖީލަށްވެސް މި ކަންކަން އޮންނަނީ މިހެންކަން ގަބޫލުކުރެވޭ ހިސާބަށް ކަންކަން ގޮސްފައިވާކަން ބައެއް ޒުވާނުންގެ ބަސްމަގާއި ލައިފްސްޓައިލުން ފެނިގެންދެއެވެ.

އެހެން ނަމަވެސް މުސްލިމުންނޭ ކިޔާ ހާ ހިނދަކު، ކަނޑައެޅިގެން ނަހީކުރެއްވި ކަންކަމުން މުޖުތަމައު، ޚާއްސަކޮށް ޒުވާން ޖީލު ރައްކާތެރިވާން ޖެހެއެވެ.

ހަގީގީ ބާރުވެރިކަމަކީ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް އަޅުގަނޑުމެންގެ އަޚުލާގު ހިފަހައްޓާ ޒިންމާދާރު ކަމާއެކު، މުންކަރާތްތަކަށް އަރައި ނުގަނެ، ނުވަތަ އެފަދަ ދައުވަތުތަކަށް ނޫނެކޭ ބުނަން ކެރުންކަން ޒުވާނުންނަށް ވިސްނައިދިނުމަކީ ހުޅަނގުގެ ފިކުރީ ހަނގުރައިމައިގެ މައްޗަށް ކުރި ހޯދެން އޮތް ހަމައެކަނި ގޮތްތަކެވެ.

އިސްލާމްދީނާއި ދެކޮޅު ކަންކަން މުޖުތަމައުގައި އާންމުކުރުމަށް ދިވެހިންގެ ތެރެއިން ބާރުލިބިގެން ބަޔަކު ހަރަކާތްތެރިވާކަންވެސް ފެންނަން އޮތްއިރު، އެފަދަ ފަރާތްތަކާއި މެދު ސަމާލުވެ، އެމީހުންގެ އަވައިގައި ޒުވާން ޖީލު ޖެހުނު ނުދިނުމަށް ދީނީ ހޭލުންތެރިކަން މިހާރަށް ވުރެ ބޮޑަށް އިތުރުކޮށް، ޒުވާނުން ދީނީ ކަންކަމުގައި ބައިވެރިކުރުން އިތުރު ކުރެވޭނެ ގޮތްތައް ހޯދަން ޖެހެއެވެ.

އެނޫންކަމަށް ވާނަމަ، އިސާހިތަކު އަޅުގަނޑުމެންނަކީވެސް އަލްމާނީ ފިކުރުތަކުގެ އަވައިގައި ޖެހި އަޅުގަނޑުމެންނަށް ލިބިފައި މިވާ އިސްލާމްދީންގެ ހިދާޔަތާއި މި މަވެރިވެރި ނިއުމަތް ގެއްލިގެންދާ އަބާއްޖަވެރި ބަޔަކަށް ވެގެން ހިނގައިދާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކުލި ނުދައްކާ ދިގު މުއްދަތެއްވުމުން ރިވެލީގެ ވިޔަފާރި ހުއްޓުވާ އެ ބިން އެޗްޑީސީއަށް ނަގައިފި 
02 Nov 2026 ހަބަރު

ކުލި ނުދައްކާ ދިގު މުއްދަތެއްވުމުން ރިވެލީގެ ވިޔަފާރި ހުއްޓުވާ އެ ބިން އެޗްޑީސީއަށް ނަގައިފި 

އެޗްޑީސީން ބުނީ މިއަދުން ފެށިގެން އެ ބިން އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށަށް ނެގުމަށް ނިންމާފައިވާ ކަމަށެވެ.

ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޑައިވަރަކު ސަސްޕެންޑުކޮށްފި
02 Nov 2026 ހަބަރު

ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޑައިވަރަކު ސަސްޕެންޑުކޮށްފި

މިކަމާ ގުޅިގެން މޯލްޑިވްސް ލެޖެންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާދިސާ ހިނގި ވަގުތު އެ ލިވްއަބޯޑުން ޑައިވިންއަށް ގޮސް އުޅުނު ގެސްޓުންނާއި ޑައިވް ޓީމުގެ މެންބަރުންގެ ލިޔުންތަކާއި ބަޔާންތައް ހޯދައި މައްސަލަ އޮޅުންފިލުވާފައިވާ ކަމަށެވެ. އޭޖެންސީން ބުނީ، ހަމަނުޖެހުން އުފެދުނީ އެހެން އުޅަނދެއްގެ ޑައިވް ގައިޑަކާ ދެމެދު ކަމަށާއި، މޯލްޑިވްސް ލެޖެންޑުގެ ޓީމުން މަސައްކަތްކުރީ އެ މައްސަލަ ހުއްޓުވުމަށް ކަމަށެވެ.

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 41 ހާހަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފި
02 Nov 2026 ހަބަރު

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 41 ހާހަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފި

އެމްޕީއެލް އިން އާންމުކޮށްފައިވާ މިދިޔަ އޮކްޓޫބަރު މަހުގެ ފަހު ހަފުތާގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެ މުއްދަތުގެ ތެރޭގައި ޖުމުލަ 1،958 ކޮންޓެއިނަރު ވަނީ ކްލިއާ ކޮށްފައެވެ. މީގެ ތެރޭގައި ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން ގެނައި 1،472 ކޮންޓެއިނަރާއި، އާންމު މުދާ އުފުލާ ބޯޓުފަހަރުން ގެނައި 486 ކޮންސައިންމަންޓް ހިމެނެއެވެ.

މެއިންޓަނަސް މަސައްކަތައް ވިލިމާލެއިން މިރޭ ފެނުގެ ހިދުމަތް މެދުކަނޑާލަނީ
02 Nov 2026 ހަބަރު

މެއިންޓަނަސް މަސައްކަތައް ވިލިމާލެއިން މިރޭ ފެނުގެ ހިދުމަތް މެދުކަނޑާލަނީ

އެމްޑަބްލިއުއެސްސީން މިކަން އިއުލާންކޮށްފައިވަނީ، އެ ކުންފުނިން މިއަދު އެކްސްގައި ކުރި ޕޯސްޓަކުންނެވެ.

އާރުވެރި މެޗިންގް ގްރާންޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 Nov 2026 ހަބަރު

އާރުވެރި މެޗިންގް ގްރާންޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ސަރުކާރާއި ވާރލްޑް ބޭންކް ގުޅިގެން ހިންގާ "އާރުވެރި" މެޗިންގ ގްރާންޓް ޕްރޮގްރާމްގެ – 7 ދާއިރާގެ ތެރެއިން 5 ދާއިރާއަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.