މޫސުން ގޯސްވުމާ ގުޅިގެން ބްރިޖުން ދަތުރުކުރާއިރު ސަމާލުވާން އަންގައިފި
މޫސުން ގޯސްވުމާ ގުޅިގެން ބްރިޖުން ދަތުރުކުރާއިރު ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ، މިދުވަސްވަރަކީ މޫސުން ގޯސްވެ، ގަދަވައި ޖެހެމުންދާ ދުވަސްވަރެއް ކަމަށްވާތީ، ސިނަމާލެ ބްރިޖު އަދި ލިންކު ރޯޑު ބޭނުންކުރާ އެންމެން ވެސް ސަމާލުވުމަށެވެ.
އޭގެ އިތުރުން، މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު އެއްގަމު އުޅަނދު ދުއްވުމުގައާއި މަގުމަތީގައި ހިނގާބިނގާވެ އުޅުމުގައިވެސް ހިނގާފާނެ ހާދިސާއަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް ފުލުހުން ވަނީ އލްތިމާސްކޮށްފައެވެ.
މެޓް އޮފީހުން ވަނީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ހަތަރު ދުވަހު، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ވައިބާރުވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް