މޫނު ބުރުގާ އަޅައިގެން ތިބި އަންހެނުން ތަކެއް
މޫނު ބުރުގާ އަޅައިގެން ތިބި އަންހެނުން ތަކެއް
ދުނިޔެ 13 Oct 2022 | 10:16

ސްވިޓްޒަލޭންޑްގައި މޫނުބުރުގާ އަޅާ މީހުން ޖޫރިމަނާ ކުރާ ބިލެއް!

ސްވިޒަލޭންޑްގައި އާއްމު ތަންތަނުގައި މޫނުބުރުގާ އަޅާ މީހުން 1000 ޑޮލަރު (ގާތްގަނޑަކަށް -/15400 ރުފިޔާ) އިން ޖޫރިމަނާ ކުރާ ގޮތައް ނިންމައި އެކަމާއި ގުޅޭ ބިލް ގާނޫނު ހަދާ މަޖިލީހަށް އިއްޔެ ފޮނުވައިފިއެވެ.

ސްވިޒަލޭންޑްގެ ސަރުކާރުން ގާނޫނު ހަދާ މަޖިލީހަށް ފޮނުވި މި ބިލަކީ، އެގައުމުގައި "ބުރުގާ ބޭން" ގާނޫނު ތަންފީޒް ކުރުމުގެ ދަށުން އެކުލަވާލާފައިވާ ބިލެކެެވެ. ބުރުގާ ބޭން ގާނޫނުގެ ދަށުން އާއްމު ތަންތަނުގައި މޫނު ނިވާ ކުރުން މިދިޔަ އަހަރު ތެރޭގައި ވަނީ މަނާ ކޮށްފައެވެ.

ސަރުކާރުން ގާނޫނު ހަދާ މަޖިލީހަށް ފޮނުވި މި ބިލްގައި މޫނު ބުރުގާ އެޅުން މަނާކުރި ނަމަވެސް ބައެއް ހާލަތްތައް އިސްތިސްނާ ކޮށްފައި ވެއެވެ. އެގޮތުން ޑިޕްލޮމެޓުން މޫނުބުރުގާ އެޅުން އަދިވެސް ހުއްދަ ވާނެއެވެ. އޭގެ އިތުރުން މޫނު ނިވާކުރަނީ ސިއްހީ ސަބަބެއް އޮވެގެން ކަމަށްވާނަމަ، ނުވަތަ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ކަމުގައި ވާނަމަ ނުވަތަ މޫސުމީ ކަމަކާއި ގުޅިގެން ކަމުގައި ވާނަމަ މޫނުބުރުގާ އެޅުމުގެ ހުއްދަ އޮންނާނެއެވެ.

ނަމަވެސް އެނޫން ހާލަތެއްގައި އާއްމުތަނެއްގައި މޫނުބުރުގާ އެޅުން މަނާ ވާނެއެވެ. މޫނުބުރުގާ އެޅުން ހަމައެކަނި ހުއްދަ ވާނީ އަޅުކަން ކުރާ ތަންތަނުގައި ކަމަށް ގާނޫނު ހަދާ މަޖިލީހަށް ފޮނުވި ބިލްގައި ބުނެފައި ވެއެވެ.

މިކަމާއި ގުޅިގެން ސްވިޒަލޭންޑްގައި ދިރި އުޅެމުންދާ މުސްލިމުން ނުރުހުން ފާޅުކުރަމުންދާއިރު، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައެއް ޖަމިއްޔާ ތަކުންވެސް ވަނީ ހަމައެކަނި މުސްލިމުންނަށް ހާއްސަކޮށްގެން މިފަދަ ބިލެއް އެކުލަވާލުމުން އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.

ނަމަވެސް ސްވިޒަލޭންޑްގެ ސަރުކާރުން ބުނާ ގޮތުގައި މިބިލްގެ މަގުސަދަކީ ވަކި ދީނެއްގެ މީހުންނަށް ފިޔަވަޅު އެޅުމެއް ނޫނެވެ. މިބިލްގެ މަގުސަދަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުން ކަމަށް ސްވިޒަލޭންޑްގެ ސަރުކާރުން ބުނެއެވެ.

"އާއްމު ތަންތަނުގައި މޫނު ބުރުގާ އެޅުން މަނާ ކުރީ އާއްމުންގެ ސަލާމަތަށް. މިއީ އަދަބެއް ދިނުމުގެ މަގުސަދުގައި ކުރި ކަމެއް ނޫން." ސްވިޒަލޭންޑުން މުސްލިމުންނާއި ދެކޮޅަށް ނިންމި ނިންމުން ދިފާއުކޮށް ބުނެފައިވެއެވެ.

ސްވިޒަލޭންޑްގައި އާބާދީގެ 5 އިންސައްތަ ހިއްސާ ކުރަނީ މުސްލިމުންނެވެ. ވީ އިރު މުސްލިމުންގެ ދީނީ ޝިޢާރަކަށް މިފަދައިން ހުރަސް އެޅުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ފަހަކަށް އައިސް ހުޅަނގުގެ ގިނަ ގައުމު ތަކުގައި މުސްލިމުންނަށް އެކި ގޮތް ގޮތުން އަންނަނީ ދަތި ކުރުމުގެ ފިޔަވަޅު އަޅަމުންނެވެ. ޚާއްސަކޮށް މޫނު ބުރުގާ އެޅުން، ގިނަ ގައުމު ތަކެއްގައި ވަނީ މަނާ ކޮށްފައެވެ. އޭގެ ތެރޭގައި، ފްރާންސް, ޑެންމާކް ، އޮސްޓްރިއާ، ނެދަލޭންޑު އަދި ބަލްގޭރިއާ ހިމެނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.