ރައީސުލްޖުމްހޫރިއްޔާ އަކީ ކާކުކަން އޮޅޭ ހިސާބަށް ގޮސްފި: ތާރިގު
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓްލޭޑީ ފަޒުނާ އަހުމަދުގެ ފޮޓޯތަކުން ރައީސް އޮފީހުގެ ޓްވީޓާ އެކައުންޓު ފުރާލާފައިވާކަން ފާހަގަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ފާޑުވިދާޅުވެއެވެ.
ތާރިގު މިފަދައިން ފާޑުވިދާޅުވެފައިވަނީ ރައީސް އޮފީހުގެ ޓްވީޓާ އެކައުންޓުގައި ހުރި ބައެއް ފޮޓޯތައް ހިއްސާކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.
ތާރުގެ އެ ޓްވީޓުގައި ފަސްޓު ލޭޑީ ފަޒުނާގެ ގިނަ ފޮޓޯތަކާއި، އެކަމަނާ ބައިވެރިވެވަޑައިގެން ގިނަ އިވެޓުތަކެއް ހިއްސާކޮށްފައި ހުއްޓެވެ.
އެކަމާއި ގުޅިގެން ތާރިގު ވިދާޅުވީ ފަސްޓުލޭޑީއަކީ ގާނޫނީ އަސާސީއާއި އަދި އެއްވެސް ގާނޫނެއްގައި މަސްއޫލިއްޔަތެއް އަދާކުރައްވަން ޖެހިވަޑައިގަންނަވާ ފަރާތެއް ނޫންކަމަށެވެ. އަދި ގާނޫނީ ގޮތުން އެއްވެސް މަގާމެއްވެސް އަދާކުރައްވާ ފަރާތެއް ނޫންކަމަށެވެ.
އެއާއެކުވެސް ރައީސް އޮފީހުން އެކަމަނާގެ އިވެންޓުތައް ކަވަރުކުރަމުންދާކަމަށް ތާރިގު ވިދާޅުވިއެވެ. އަދި އެގޮތަށް އެކަންކަން ކުރައްވަމުންދާތީ ރައީސުލްޖުމްހޫރިއްޔާއަކީ ކާކުކަން އޮޅޭ ހިސާބަށް ގޮސްފައިވާކަމަށް ތާރިގު ވަނީ ވިދާޅުވެފައެވެ.
ރައީސް އޮފީހުގެ ޓްވީޓާރ އެކައުންޓުގައި ހިއްސާކޮށްފައިވާ ފޮޓޯތަކުގެ ތެރޭގައި އިސްރަށްވެހިންގެ ހަަފްލާ ޝަރަފުވެރިކޮށްދިނުމާއި، ފުވައްމުލަކު ސިޓީގެ އިބަމަ މެމްބަރުންނާއި ބައްދަލުކުރެއްވުމާއި ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގައި ބަވެރިވެވަޑައިގަތުން ފަދަ ހަފްލާތަކުގެ ފޮޓޯތައް ވަނީ ހިއްސާކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް