ތުރުކީގެ އިސްތަންބުލްގައި އެއްޗެއް ގޮއްވާލުމާއި ގުޅިގެން 4 މީހުން މަރުވެއްޖެ
ތުރުކީގެ އިސްތަންބުލްގެ އިސްތިކްލާލް އެވެނިއުގައި ބާރުގަދަ އެއްޗެއް ގޮއްވާލުމާއި ގުޅިގެން 4 މީހުން މަރުވެ އެތައް ބަޔަކަށް އަނިޔާވެއްޖެއެވެ.
އެ ހާދިސާއާއި ގުޅޭގޮތުން އަލްޖަޒީރާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިހާތަނަށް އެ ހާދިސާއާއި ގުޅިގެން 38 މީހަކަށް ވަނީ އަނިޔާވެފައެވެ.
އަނިޔާވި އަދި މަރުވި މީހުން އަވަހަށް އެތަނުން ނެރުމަށް ހެލިކޮޕްޓްރުތަކާ އަދި އެމްބިއުލައިންސްތައް ހަރަކާތްތެރިވަމުން ގޮސްފައިވާކަމަށާއި މީގެ އިތުރުން ފަޔަރ ޓްރަކްތަކާ ފުލުހުންގެ ވެހިކަލްތައްވެސް އެތަނަށް ގޮސްފައިވާކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓުކޮށްފައެވެ.
އިސްތަންބުލްގެ އިސްތިކްލާލް އެވެނިއުއަކީ މީހުން ގިނައިން އެއްވާ، ޓުއަރިސްޓުންގެ ވެސް މަގްބޫލް މަގެއްކަމަށް ޚަބަރުތައް ބުނެއެވެ. މިމަގުގައި ބޮޑެތި ފިހާރަތަކާ ޗެއިން ސްޓޯރު ތަކާ ކަލްޗަރަލް ސައިޓް ތަކުގެ އިތުރުން ބައެއް ޑިޕްލޮމެޓިކް އައުޓްޕޯސްޓް ތައްވެސް ހުންނަ ކަމަށް ވެއެވެ.
ވީޑިއޯ ތަކުން ފެންނަ ގޮތުގައި ބާރު ގޮވުމަކާއެކު އަލިފާން ވެސް ފެނެއެވެ. އެއާއެކު އެއްވެފައިވާ ޓުއަރިސްޓުންނާއި އެހެންވެސް މީހުން ދުވާތަން ފެނެއެވެ.
މި ހާދިސާ ހިނގަން މެދުވެރި ސަބަބު އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް