ދާންދޫ މަގެއްގެ މަތިން، މަރުވެފައި އޮތް ޒުވާނަކު ފެނިއްޖެ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ގއ.ދާންދޫ މަގުމަތީގައި މަރުވެފައި އޮތް ޒުވާނަކު ފެނިއްޖެއެވެ.
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދާންދޫ އިން ވާހަކަދެއްކި މީހަކު ބުނީ، އެ ޒުވާނާ ފެނިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އިންޖީނުގެ ކައިރިން ކަމަށެވެ. މަރުވެފައި އޮއްވާ ފެނިފައިވާ ޒުވާނަކީ އެރަށަށް ނިސްބަތްވާ އަހުމަދު ޢަބްދުﷲ އެވެ.
ފުލުހުން ވަނީ މިކަން މީޑިއާތަކަށް ޔަގީންކޮށްދީފައެވެ. ފުލުހުން ބުނީ ދާންދޫ ނަގަހެލަގޭ އަހްމަދު އަބްދުﷲ މަގުމައްޗަށް ވެއްޓިފައި އޮތްކަމުގެ ރިޕޯޓެއް މިއަދު ހެނދުނު 08:10 ހާއިރު ލިބިފައިވާކަމަށެވެ. ރަށުގެ ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާކަމަށް ސިއްހީ މަރުކަޒުން ބުނެއެވެ.
މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް