ހ. ތިމާވެށި އަބްދުﷲ ޖާބިރު ކާށިދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ އެންވޯއީ، އަބްދުﷲ ޖާބިރު، އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލައްވަން ނިންމަވައިފިއެެވެ.
މި ނިންމުން ޖާބިރު އިއުލާންކުރައްވާފައިވަނީ ޓްވިޓަރ މެދުވެރިކޮށެވެ. ޖާބިރު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކާށިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމަށް ނިންމަވާފައިވާކަމަށެވެ.
އަދި މި އަންނަ ހަފްތާ ބަންދުގައި ދާއިރާގެ ރަށްތަކަށް، ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ވަޑައިގަންނަވާނެކަމަށް ޖާބިރުވަނީ ވިދާޅުވެފައެވެ. ކާށިދޫ ދާއިރާގެ މެންބަރުކަން އަބްދުﷲ ޖާބިރު މީގެ ކުރިންވެސް ވަނީ އަދާކުރައްވާފައެވެ.
ޖާބިރުގެ އިތުރުންވެސް ކާށިދޫ ދާއިރާގެ ޕްރައިމަރީގައި އަބްދުﷲ ރިފްެއަތު ނަމަކަށް ބޭފުޅަކުވެސް ވާދަކުރައްވާނެކަމަށް ވަނީ އިއުލާންކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް