N/A
N/A
ހަބަރު 27 Nov 2018 | 17:00

ބޭރުގެ ސިފައިންގެ މަރުކަޒެއް ގާއިމްނުކުރެވޭނެ: ޝާހިދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރާއްޖޭގެ ފަސްގަނޑުގައި ބޭރުގެ ސިފައިންނަށް މަރުކަޒެއް ގާއިމްކުރުމުގެ ފުރުސަތު ނުދެއްވާނެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިޔާއަށް މިވަގުތު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ސްޓްރެޓަޖިކް ނިއުސް އިންޓަރނޭޝަނަލްއަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީން ބޭރު ގައުމެއްގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ގާއިމްކުރުމުގެ ފުރުސަތު، މަޖިލީހުގެ ރުހުމާއި ނުލައި ނުދޭކަމަށެވެ. އަދި އެކަމަކީ ރައީސް އިބްރާާހިމްގެ ސަރުކާރުން ވިސްނަމުންދާކަމެއް ނޫންކަމަށާއި، ބައިނަލްއަގްވާމީ މައްސަލަތަކުގައި ބަނދެވެން ބޭނުންނުވާ ކަމަށެވެ. އަދި ގައުމުގައި އެއަށްވުރެ ބޮޑަށް ހައްލުކުރަން ޖެހިފައިވާ މުހިންމު ކަންތައްތައް އެބަހުރިކަމަށް ޝާހިދު ބަޔާންކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު އޮންނާނީ ރާއްޖެއާއި ގުޅުންބަދަހި ކުރަން ބޭނުންވާ ހުރިހާ ގައުމަކާއި އެކު ގުޅުންބަދަހި ކުރާގޮތަށް ކަމަށާއި، އިންޑިޔާއަކީ ޒަމާންވީ އެކުވެރިއެއްކަމުގައި އޮންނާނެކަމަށެވެ.

މިނިސްޓަރ ވަނީ އިންޑިޔާގެ ހެލިކޮޕްޓަރު ބޭއްވިޔަސް، ތަމްރީނާއި އެކު ކުރިއަށް އޮތް މުސްތަގްބަލްގައި ދިވެހިންނަށް އެ ހެލިކޮޕްޓަރުތައް އަމިއްލައަށް ދުއްވޭނެކަމަށް ފާހަގަކުރައްވާފައެވެ. އަދި އިންޑިޔާއިން ދޭ ޑޯނިޔަރ މަތިންދާބޯޓު ބަލައިގަންނާނެކަމަށްވެސް ވަނީ ފާހަގަކުރައްވާފައެވެ.

މި އިންޓަރވިއުގައި ޝާހިދު ވަނީ ރާއްޖޭގެ ބަޖެޓް ޑެފިސިޓް ހައްލު ކުރުމަށް 350-250 މިލިއަން ޑޮލަރުގެ އެހީއެއް ހޯދުމަށް ރާއްޖެއިން އިންޑިޔާގެ ކިބައިން އެދޭނެކަމަށްވެސް ހާމަކުރައްވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް
23 Nov 2026 ހަބަރު

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ބޭއްވި ތިން ބީޗް ވޮލީ މުބާރާތެއްގައި އެއްވެސް މެޗަކުން ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން ވެސް މި ކޯޕަރޭޝަންގެ "ކްލަބް އެޗްޑީސީ"ން ހޯދައިފިއެވެ.

ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟
22 Nov 2026 ހަބަރު

ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟

"ފައިސަލް އެ އޮތީ ކުރިމަތިލައްވަން އިއުލާނު ކުރައްވާފައި. އަޅުގަނޑެއް ކުރިމަތިލާކަށް އިއުލާނެއް ނުކުރަން،" ރައީސް ސޯލިހް ފުރަތަމަ ވިދާޅުވި އެވެ.

ރޮހިންޖާ ޤަތުލުޢާންމުގެ ޒިންމާ މިޔަންމާ އުފުލަން ޖެހޭނެ ކަމަށް އައިސީޖޭއިން ކަނޑައަޅައިފި
22 Nov 2026 ހަބަރު

ރޮހިންޖާ ޤަތުލުޢާންމުގެ ޒިންމާ މިޔަންމާ އުފުލަން ޖެހޭނެ ކަމަށް އައިސީޖޭއިން ކަނޑައަޅައިފި

ޖެނޮސައިޑް ކޮންވެންޝަންގެ ބައިވެރިއެއްގެ ޙައިޞިއްޔަތުން މި މައްސަލައަށް ތަދައްޚުލުވާނެ ކަން އެންމެ ފުރަތަމަ އިޢުލާންކުރީ ދިވެހިރާއްޖެއިންނެވެ

ބޮޑު ބަދަލާއި ދެކޮޅު "ޓީމް އެމްޑީޕީ" ކެންޑިޑޭޓުންނާއެކު ރައީސް ސޯލިހާއި ފައިސަލް އަދި އާޒިމް
22 Nov 2026 ހަބަރު

ބޮޑު ބަދަލާއި ދެކޮޅު "ޓީމް އެމްޑީޕީ" ކެންޑިޑޭޓުންނާއެކު ރައީސް ސޯލިހާއި ފައިސަލް އަދި އާޒިމް

މި އިންތިހާބަކީ އެމްޑީޕީގެ ކޮންޓްރޯލް ހޯދުމާއި ރިޔާސީ ޓިކެޓް ކަށަވަރު ކުރުމަށް ދެ ފެކްޝަނަށްވެސް ވަރަށް މުހިންމު އިންތިހާބެކެވެ.

ފެރިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
22 Nov 2026 ހަބަރު

ފެރިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ޢާމިރު 30 ދުވަހަށް އަދި އާދަމް ނިމާލް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

ޑްރަގް ކެފޭއެއް ހިންގާތީ ފުވައްމުލަކު މާދޫގެ ބައެއް ބަންދުކޮށްފި
22 Nov 2026 ހަބަރު

ޑްރަގް ކެފޭއެއް ހިންގާތީ ފުވައްމުލަކު މާދޫގެ ބައެއް ބަންދުކޮށްފި

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 90 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި ކަމަށެވެ.