އީރާނުގެ ކުރީގެ ބޮޑު ވަޒީރު އަލީ ރިޒާ އަކްބަރީ
އީރާނުގެ ކުރީގެ ބޮޑު ވަޒީރު އަލީ ރިޒާ އަކްބަރީ
ދުނިޔެ 14 Jan 2023 | 11:00

ޖާސޫސުކޮށްދިންކަން ސާބިތުވުމުން އީރާނުގެ ކުރީގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ދަން ޖައްސައިފި!

އިނގިރޭސިންނަށް ޖާސޫސުކޮށްދޭކަމަށް އެއްބަސްވުމުން އީރާނުގެ ކުރީގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު އަލީ ރިޒާ އަކްބަރީ ދަންޖައްސައިފި އެވެ.

އަކްބަރީގެ މައްޗަށް ކޮރަޕްޝަނާއި، ގައުމީ ސަލާމަތާއި ގުޅުންހުރި މުހިންމު މައުލޫމާތުތައް އިނގިރޭސި ވިލާތުގެ އިންޓެލިޖެންސްއަށް ހިއްސާކުރިކަމުގެ ކުށް ސާބިތުވާކަަމަށް އިރާނުގެ ކޯޓުން ވަނީ ކަނޑައަޅާފައެވެ.

އޭނާ ދައްޖަން ހުކުން ކުރީ އޭނާގެ މައްޗަށް ގައުމަށް ގެއްލުންދިނުމަށް މަގުފަހިވާނެ މައުލޫމާތުތައް ލީކު ކުރިކަމުގެ ކުށް ސާބިތުވާކަމަށް ކަނޑައެޅުމަށްފަހުގަ އެވެ. އޭގެ އިތުރުން އީރާނުގެ ސަލާމަތާއި ގުޅުންހުރި އިންޓެލިޖެންސް މައުލޫމާތުތައްވެސް ލީކުކޮށްފައިވާކަން ސާބިތުވާކަމަށް ކޯޓުން އޮތީ ކަނޑައަޅާފަ އެވެ.

އަކްބާރީ އަކީ އިނގިރޭސިންގެ ޖާސޫސެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއްކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. އަދި އެއީ ގައުމަށް ގައްދާރުވުންކަމަށާއި، އެއީ އެންމެ މަތީ ކުށްތަކުގެ ގޮތުގައި ހިމެނޭ ކަމެއްކަމަށް ކަނޑައަޅާފައިވާކަމަށް ބަޔާންކޮށްފައި ވެއެވެ.

އިރާންގެ ޖުޑިޝަރީއިން ބުނި ގޮތުގައި އަކްބަރީ 2004 ވަނަ އަހަރުން ފެށިގެން އިނގިރޭސީންގެ ޖާސޫސެއްގެ ގޮތުގައި މަސައްކަތް ކުރަން ވަނީ ފަށާފައެވެ. 2009 ވަނަ އަހަރު އިނގިރޭސިންގެ ލަފާގެ މަތިން އަކްބަރީ އީރާނު ދޫކޮށް ދިޔަ ނަަމަވެސް، 2019 ވަނަ އަހަރުގެ ނިޔަލަށް އަކްބަރީ އެކި ފަހަރުމަތިން އީރާނަށް ޒިޔާރަތްކޮށްފައިވާކަމަށް ހޯދުނު ހޯދުންތަކުން ދައްކާކަމަށް ކޯޓުން ވަނީ ބުނެފައެވެ.

އަކްބަރީ ހައްޔަރުކުރި ސީދާ ތާރީހެއް އީނާރުގެ ކޯޓުން ހާމަކޮށްފައި ނުވި ނަމަވެސް، އޭނާ ހައްޔަރުކޮށްފައިވަނީ 2019 ވަނަ އަހަރުގައިކަމަށް އަލް ޖަޒީރާއިން ވަނީ ރިޕޯޓުކޮށްފަ އެވެ.

އަކްބަރީ ދަންޖައްސަން ހުކުން ކުރީ، އޭނާ އިނގިރޭސީންނަށް ޖާސޫސުކޮށްދިންކަމަށް އެއްބަސްވުމާއި ގުޅިގެންނެވެ. އޭނާ ކުށަށް އިއުތިރާފުވާ އޯޑިއޯއެއްވެސް ވަނީ ލީކުވެފައެވެ. އަދި ކުށަށް އިއުތިރާފުވެފައިވަނީ 3500 ގަޑިއިރުގެ ތަހުގީގަކަށްފަހުގައިކަން ކޯޓުން ވަނީ ބަޔާންކޮށްފައެވެ.

އީރާނުގެ ކުރީގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ދަން ޖައްސާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

އެކަމާއި ގުޅިގެން އިނގިރޭސިވިލާތުން ބުނީ އެއީ ސިޔާސީ މަންފާއެއް ހާސިލްކުރުމަށް ހިންގި ލާއިންސާނީ އަމަލެއްކަމަށެވެ. އަދި އަކްބަރީއާއި އިނގިރޭސީންގެ އިންޓެލިޖެންސް ޔުނިޓާއި އެއްވެސް ގުޅުމެއް ނޯންނަކަމަށް އެމީހުން ވަނީ ބުނެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.