ކައުންސިލް އިންްތިޚާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓަރ ކުރުމުގެ ފުރުސަތު ހުޅުވާލަނީ
ކުރިއަށް އޮތް އެޕްރީލް މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރކުރުމުގެ ފުރުސަތު ހުޅުވާާލުމަށް ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދޭގޮތުގައި ރީ-ރަޖިސްޓަރ ކުރުމުގެ ފުރުސަތު ހުޅުވާލާނީ އަންނަ އާދިއްތަ ދުވަހުގައެވެ. މި ފުރުސަތު އާދިއްތަ ދުވަހުން ފެށިގެން ކުރިއަށް އޮތް 12 ދުވަހުގެ މުއްދަތަކަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓަރ ކުރަންޖެހޭނީ މިދިޔަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލީތަން ނޫން އެހެން ތަނަކަށް ވޯޓުލާނަމައެވެ. އެކަމަކު މިކަމުގައި ޖަލުތަކާއި، ރިސޯޓު ތަކުގެ އިތުރުން ސިނާއީ ސަރަހައްދުތައް އިސްތިސްނާވާނެ ކަމަށް އީސީން ވަނީ ބުނެފައެވެ.
މީގެ ކުރިން އެ ކޮމިޝަނުން ވަނީ މި އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ވަގުތީ ލިސްޓެއް އެކުލަވާލުމަށްފަހު ގެޒެޓްކޮށްފައެވެ. އީސީން ބުނީ މި ލިސްޓަށް ހުށައެޅި ޝަކުވާތަކާއި އެކު މިދިޔަ އަންގާރަ ދުވަހު އަލުން އެ ލިސްޓް ގެޒެޓްގައި ޝާއިއު ކޮށްފައިވާ ކަމަށެވެ.
މި ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތުވެސް އެ ދުވަހުން ފެށިގެން ވަނީ ހުޅުވާލާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް