ރަމަޟާން މަހުގެ ރަސްމީ މަސައްކަތުގެ ގަޑި ހަމަޖައްސައިފި
ރަމަޟާން މަހުގެ ދުވަސްތަކާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖައްސަފިއެވެ.
އެގޮތުން މިއަދު ރައީސްލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ދެންނެވުމެއްގައި ބުނީ މި އަހަރުގެވެސް ރަމަޟާންމަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށެވެ.
އެހެންކަމުން އެ ދުވަސްތަކުގައި އެ ގަޑިތަކަށް ފައްތައިގެން މަސައްކަތްތައް ރޭވުމަށް އެ އޮފީހުން އެދިފައިވެއެވެ.
ކަލަންޑަރު ތަކުން ދައްކާ ގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަަމަ ދުވަހަކީ މި ހިނގާ މަހުގެ 23 ވަނަ ދުވަހެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް