މިއަދުވެސް ފަތުރުވެރިއެއް ގެނބިގެން މަރުވެއްޖެ
އއ. ރިސޯޓެއްގައި މޫދަށް އެރިއުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އއ. ރިސޯޓެއްގައި މޫދަށް އެރިއުޅުނު ފަތުރުވެރިޔަކު ގެނބިގެން އެ އަތޮޅު ހޮސްޕިޓަލަށް ގެންދާކަމަށް މިއަދު 10:31 ހާއިރު ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އަދި އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވިދާޅުވިއެެވެ.
މި ހާދިސާގައި މަރުވެފައިވަނީ އިނގިރޭސި ވިލާތަށް ނިސްބަތްވާ 65 އަހަރުގެ ފިރިހެނެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވީ، މި ހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އިއްޔެވެސް އއ. ރަސްދޫ މަޑިވަރު ޑައިވިން ޕޮއިންޓަށް ޑައިވިނަށް ފޭބި ފަތުރުވެރިއަކު ގެނބިގެން ވަނީ މަރުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް