އޭޝިއާ ސަހަރައްދުން މަދުން ފެންނަ "ގޯޝޭ" ބަލި ރާއްޖޭގެ ފަސް މީހަކަށް ޖެހިއްޖެ
އޭޝިއާ ސަހަރައްދުން މަދުން ފެންނަ "ގޯޝޭ" ބަލި ރާއްޖޭގެ ފަސް މީހަކަށް ޖެހިއްޖެއެވެ.
އެކަން ހާމަ ކުރައްވާފައި ވަނީ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ކުރެއްވި ޓުވީޓެއްގައެވެ.
ޑރ. ފައިސަލް ވިދާޅުވީ، މަދުން ނޫނީ ނުފެންނަ ބަލިތައް ދިވެހިރާއްޖޭގައި މަދުނޫން ކަމަށެވެ. އެގޮތުން "ގޯޝޭ" އަށް ރާއްޖެއިން ފަސް މީހުން ޕޮޒިޓިވް ވެފައި ވާކަމަށް ފައިސަލް ވިދާޅުވިއެވެ. ނަމަވެސް އޭގެ ތަފްސީލެއް ޑރ. ނުދެއްވައެވެ.
"ގޯޝޭ" އަކީ ވާރުތަވާ ބައްޔެކެވެ.
"ގޯޝޭ" އަކީ ލިވާ ފަދަ ގުނަވަންތަކުގައި "ފެޓީ" އުފެދުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބަލި ޖެހުމުގެ ސަބަބުން ކަށީގެ ފެޓީ ޓިޝޫތަކުގައި މާއްދާތައް އުފެދި، ކަށި ބަލިކަށިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް