ރާނީގެ ހަށިކޮޅު އުފުލި ކާރުކޮޅު ބަކިންހަމް ގަނޑުވަރުގެ ގޭޓުން ވަންނަނީ -- ފޮޓޯ: އޭބީސީ ނިއުސް
ރާނީގެ ހަށިކޮޅު އުފުލި ކާރުކޮޅު ބަކިންހަމް ގަނޑުވަރުގެ ގޭޓުން ވަންނަނީ -- ފޮޓޯ: އޭބީސީ ނިއުސް
ދުނިޔެ 14 Sep 2022 | 02:26

ރާނީ އެލިޒަބަތުގެ ހަށިކޮޅު ބަކިންހަމް ގަނޑުވަރަށް ގެނެސްފި

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެވަނައިގެ ހަށިކޮޅު އެގައުމުގެ ވެރިރަށް ލަންޑަންގައި ހުންނަ ބަކިންހަމް ގަނޑުވަރަށް ގެނެސްފިއެވެ.

މި މަހުގެ 8 ވަނަ ދުވަހު ސްކޮޓްލޭންޑުގެ ބަލްމޯރަލް ކާސަލްގައި އަވަހާރަވި ރާނީ އެލިޒަބަތުގެ ހަށިކޮޅު އެންމެ ފުރަތަމަ ގެންދެވިފައިވަނީ އެ ގައުމުގެ އެޑިންބަރާއަށެވެ. ސްކޮޓްލޭންޑުގެ ރައްޔިތުންނަށް އެކަމަނާގެ މޫނު ބެލުމުގެ ފުރުސަތު ދިނުމުގެ އިތުރުން އެޑިންބަރާގެ ސެއިންޓް ގައިލްސަސް ކެތީޑްރަލް ގައި ވަނީ އެކަމަނާގެ ހަދާނުގައި ހާއްސަ ހަފުލާއެއް ބޭއްވިފައެވެ. މި ހަފްލާގައި އިނގިރޭސިވިލާތުގެ އައު ރަސްގެފާނު، ރަސްގެފާނު ޗާލްސް ތިންވަނަ އަދި ޝާހީ އާއިލާގެ އެހެން މެންބަރުން ބައިވެރިވެވަޑައިގަންނަވާފައި ވެއެވެ.

ސްކޮޓްލޭންޑުން ރާނީގެ ހަށިކޮޅު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް ގެންދެވިފައިވަނީ ވައިގެ މަގުން އަސްކަރީ މަތިންދާ ބޯޓެއްގައެވެ. ރާނީގެ ހަށިކޮޅު އުފުލި މި ދަތުރު 6 މިލިއަނަށްވުރެ ގިނަ މީހުން ޓްރެކް ކުރިކަމަށް މަޝްހޫރު ފްލައިޓް ޓްރެކިން އެޕްލިކޭޝަން "ފްލައިޓް ރޭޑާ24" އިން ވަނީ ބުނެފައެވެ.

ލަންޑަނުގެ އެއާޕޯޓުން ބަކިންހަމް ގަނޑުވަރަށް ރާނީގެ ހަށިކޮޅު އެކަމަށް ހާއްސަކޮށްފައިވާ ކާރުކޮޅެއްގައި ގެންދެވުނު އިރު މަގުތަކަށް އަދި ހާއްސަކޮށް ގަނޑުވަރުގެ ވަށައިގެންވާ ސަރަހައްދަށް ގިނަ އަދަދެއްގެ އާންމުން ވަނީ އެއްވެފައެވެ.

ރާނީ އެލިޒަބަތު ދެވަނައިގެ ޖާނާޒާ މި މަހުގެ 19 ވަނަ ދުވަހު ލަންޑަނުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ޖަނާޒާގައި ދުނިޔޭގެ ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަަމަށް މައުލޫމާތު ލިބެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.