މަޖިލީހުގެ ސާޖެންޓް އެޓް އާމްސް މަޤާމަށް ކުރިމަތިލާން ހުޅުވާލައިފި
ރައްޔިތުންގެ މަޖިލިހުގެ ހުސްވެފައިވާ ސާރޖެންޓް އެޓް އާރމްސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން މިމަހުގެ 28 ވަނަ ދުވަހުގެ ކުރިން މަޖިލިހުގެ އިދާރާއަށް މައުލޫމާތު ހުށަހެޅުމަށް ވަނީ އެދިފައެވެ.
މި މަގާމުގެ މުސާރައެއް ކަމުގައި 32،000 ރުފިޔާ ހަމަޖައްސާފައިވާއިރު، މިމަގާމަށް ޝަރުތު ހަމަވަނީ އުމުރުން 25 އަހަރުން މަތީގެ މީހުންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުން ހާމަކުރެއެވެ.
ހުސްވެފައިވާ ސާޖަންޓް އެޓް އާމްސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލީ އެ މަގާމު އުފެއްދި ފަހުން މަގާމު ފުރަތަމަ ފުރުއްވި އެންމެ މުހައްމަދު ހަލީލު މިދިޔަ މަހު މަގާމުން ވަކިކުރުމާ ގުޅިންގެންނެވެ.
އޭނާ އެ މަގާމަށް އެންމެ ފުރަތަމަ އައްޔަންކުރީ ނޮވެންބަރު 19، 2013 ގަ އެވެ. އޭގެ ފަހުން އޮކްޓޫބަރު 23، 2019 ގައި ދެވަނަ ދައުރަކަށް އައްޔަންކުރި އެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް