N/A
N/A
ހަބަރު 14 Oct 2020 | 08:32

ހދ. ހަނިމާދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ 67 އިންސައްތަ މަސައްކަތް ނިމިއްޖެ

ހދ. ހަނިމާދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ %67 މަސައްކަތް ވަނީ ނިމިއްޖެއެވެ. މި މަޝްރޫޢުގެ ދަށުން  ކުރިއަށްދާ ހޮޅިވަޅުލުމުގެ މަސައްކަތުގެ %62 ވެސް މިހާރުވަނީ ނިމިފައެވެ.

މި މަޝްރޫޢުގެ ތެރެއިން ފައިމަގުގައި ހިނގޭ ގޮތަށް 16،518 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 38،916 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، 19,679.7 އަކަ މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 46.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ އަދި މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 15 ޖޫން 2019 ގައެވެ.

މި މަޝްރޫއުގެ މަސައްކަތް އަންނަ އަހަރުގެ މެދު ތެރޭގައި ނިންމާ ރައްޔިތުންނަށް ވީހާވެސް ލުއި ގޮތެއްގައި ހަމަޖައްސައި ދެއްވާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ އަދި  މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދަނީ ކައުންސިލްއާއި ރައްޔިތުންގެ ވެސް ހިޔާލާއި މަޝްވަރާއާއި އެކީގައި ކަމަށް އާޒިމް ވަނީ ފާހަގަކުރައްވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފައިސާ ނުދިނުމުން ބޭބެ މަރާލާނެ ކަމަށް ބުނެ ބިރުދެއްކި މީހަކު ތިން މަސްދުވަހަށް ޖަލަށްލުމަށް ޙުކުމްކޮށްފި
20 Oct 2026 ހަބަރު

ފައިސާ ނުދިނުމުން ބޭބެ މަރާލާނެ ކަމަށް ބުނެ ބިރުދެއްކި މީހަކު ތިން މަސްދުވަހަށް ޖަލަށްލުމަށް ޙުކުމްކޮށްފި

ފައިސާ ނުދީފިނަމަ މަރާލާނެ ކަމަށް ބުނެ ބިރުދެއްކުމުގެ އިތުރުން، އެ މައްސަލަ ރިޕޯޓްކުރުމުން ފުލުހުން އެ ސަރަޙައްދަށް ދިޔަ ފަހުން ވެސް ފުލުހުންގެ ހާޒިރުގައި ބޭބެއާ ދިމާއަށް މަރާލާނެ ކަމަށް ބުނެ އިންޒާރުދީފައިވެއެވެ. މީގެއިތުރުން، ބޭބެއާއި ދިރާގުގެ އިތުރު މުވައްޒަފަކު އެތަނުގައި ތިއްބައި، އެ މީހުންނާ ދިމާއަށް ދުވެފައި ގޮސް ބިރުވެރި މާހައުލެއް އުފައްދާފައިވާ ކަމަށް ވެސް ދަޢުވާގައިވެއެވެ.

އިނގިރޭސި ލިސަނިންގ އިމްތިޙާނު އޮންނާތީ، މާލޭ ސްކޫލްތައް ކައިރީގެ މަގުތައް މާދަމާ ބަންދުކުރަނީ
20 Oct 2026 ހަބަރު

އިނގިރޭސި ލިސަނިންގ އިމްތިޙާނު އޮންނާތީ، މާލޭ ސްކޫލްތައް ކައިރީގެ މަގުތައް މާދަމާ ބަންދުކުރަނީ

21 އޮކްޓޫބަރު ހެނދުނު 09:15 އިން 10:30 އަށް މާލޭގެ ސެކަންޑަރީ ސްކޫލްތަކާ ކައިރީގެ މަގުތައް ބަންދުކޮށް، އަޑުގަދަ މަސައްކަތްތަކުން ދުރުހެލިވުމަށް ފުލުހުން އެދިއްޖެއެވެ.

ގދ. ތިނަދޫގައި ބަނގުރާ އުފައްދައި، އޭގެ ވިޔަފާރިކުރާ ނެޓުވޯކެއްގައި އިސްކޮށް އުޅޭކަމަށް ތުހުމަތުވާ ޒުވާނަކު ހައްޔަރުކޮށްފި
20 Oct 2026 ހަބަރު

ގދ. ތިނަދޫގައި ބަނގުރާ އުފައްދައި، އޭގެ ވިޔަފާރިކުރާ ނެޓުވޯކެއްގައި އިސްކޮށް އުޅޭކަމަށް ތުހުމަތުވާ ޒުވާނަކު ހައްޔަރުކޮށްފި

ތިނަދޫ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި، އޭނާއާ ގުޅުންހުރިކަމަށް ބެެލެވޭ، ތިނަދޫ ފުލެޓެއް ބަލައިފާސްކުރިއިރު ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ސާމާނާއި، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 20 ލީޓަރުގެ ތިންހަމާއި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ ފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ރައީސް މުޢިއްޒު ޕާކިސްތާނަށް ފުރާވަޑައިގެންފި؛ މިއީ ދިހަ އަހަރަށްފަހު ދިވެހި ރައީސަކު ކުރާ ފުރަތަމަ ދަތުރު
20 Oct 2026 ހަބަރު

ރައީސް މުޢިއްޒު ޕާކިސްތާނަށް ފުރާވަޑައިގެންފި؛ މިއީ ދިހަ އަހަރަށްފަހު ދިވެހި ރައީސަކު ކުރާ ފުރަތަމަ ދަތުރު

ރައީސް މުޢިއްޒަށް ދަޢުވަތު ދީފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފެވެ. މި މަހުގެ 22 އަށް ދެމިގެންދާ މި ދަތުރުފުޅުގައި ރައީސް، ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރުދާރީ، ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އަދި އެ ޤައުމުގެ އެހެން އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ.

ދައުލަތުގެ ތިން ބާރު ހިންގާ އިސް އިމާރާތްތަކުގައި ހުޅުޖަހަން، ކުރީގެ ޑެޕިޔުޓީ މިނިސްޓަރު ޒިހާން ހިތްވަރުދީފި؛ މައްސަލަ ފުލުހުން ބަލަނީ
20 Oct 2026 ހަބަރު

ދައުލަތުގެ ތިން ބާރު ހިންގާ އިސް އިމާރާތްތަކުގައި ހުޅުޖަހަން، ކުރީގެ ޑެޕިޔުޓީ މިނިސްޓަރު ޒިހާން ހިތްވަރުދީފި؛ މައްސަލަ ފުލުހުން ބަލަނީ

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އަދި ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ހުޅުޖެހުމަށް ސޯޝަލް މީޑިއާގައި ހިތްވަރުދިން މައްސަލައެއް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބަލަން ފަށައިފިއެވެ.

ޣައްޒާގައި ޑަބްލިއުއެފްޕީން ދެމުންދިޔަ ކާބޯތަކެތީގެ އެހީ މަދުކޮށް، 5 ލައްކަ މީހުންނަށް އެހީތެރިކަން ދިނުން މެދުކަނޑާލައިފި
20 Oct 2026 ހަބަރު

ޣައްޒާގައި ޑަބްލިއުއެފްޕީން ދެމުންދިޔަ ކާބޯތަކެތީގެ އެހީ މަދުކޮށް، 5 ލައްކަ މީހުންނަށް އެހީތެރިކަން ދިނުން މެދުކަނޑާލައިފި

ފައިސާގެ ދަތިކަމާ ހުރެ ޑަބްލިއުއެފްޕީން ޣައްޒާގެ 500،000 މީހުންނަށް ދެމުން އައި ކާބޯތަކެތީގެ އެހީ ހުއްޓާލައި، ކުރިއަށް އޮތް ހަ މަހަށް 450 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް ބުނެފި.

ވޭތުވެދިޔަ ހަފުތާގައި ސްކޭމްތަކުގައި 387،881 ރުފިޔާ ފޭރިއްޖެ
19 Oct 2026 ހަބަރު

ވޭތުވެދިޔަ ހަފުތާގައި ސްކޭމްތަކުގައި 387،881 ރުފިޔާ ފޭރިއްޖެ

ވޭތުވެދިޔަ ހަފުތާގައި ސްކޭމްގެ 38 މައްސަލައެއްގައި 387،881 ރުފިޔާ ގެއްލިފައިވާއިރު، އޭގެ ތެރެއިން 208،708 ރުފިޔާ އަނބުރާ ހޯދިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ޤައުމީ ޔުނިވަރސިޓީން ޕީ.އެޗް.ޑީގެ ދެ ޕްރޮގްރާމަކަށް ފުރުޞަތު ހުޅުވާލައިފި
19 Oct 2026 ހަބަރު

ޤައުމީ ޔުނިވަރސިޓީން ޕީ.އެޗް.ޑީގެ ދެ ޕްރޮގްރާމަކަށް ފުރުޞަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ )އެމް.އެން.ޔޫ( ގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ )ފެސްޓް( އިން ކުރިއަށްގެންދާ ޑޮކްޓަރަލް ދެ ޕްރޮގްރާމަކަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ރަސްމީކޮށް ހުޅުވާލައިފިއެވެ.