ޝާހްރުކް އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށްގޮސް
ޝާހްރުކް އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށްގޮސް
ދުނިޔެ 14 Dec 2022 | 01:10

ޝާހްރުކް، އުމްރާގެ އަޅުކަން އަދާކުރިތާ މާ ގިނަ ދުވަހެއް ނުވަނީސް ފައްޅިއަކުން

ބޮލީވުޑްހެ މަޝްހޫރު ފިލްމް ކުޅުންތެރިޔާ، ޝާހްރުކް ޚާން، ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ބޮޑު ފައްޅިއަކަށް ދިޔަ މަންޒަރު ފެނުމާއި ގުޅިގެން އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

މުސްލިމެއްގެ ނަމުގައި، މަޝްހޫރުވެފައިވީ ނަމަވެސް ޝާހްރުކް އަކީ ހިންދޫ ދީނުގެ އަޅުކަންތައްތައްވެސް ގަވާއިދުން އަދާ ކުރާ އޭނާގެ ދަރިންވެސް އެފަދައިން ތަރުބިއްޔަތު ކުރަމުންދާ މީހެކެވެ. އަދި އެފަދައިން އޭނާ ކަން ކުރަމުންދަނީ ވަރަށްވެސް ފާޅުގައި، ހާމަކަންބޮޑު ގޮތެއްގައެވެ. އޭގެ ސަބަބުން އިސްލާމް ދީނަށް ލޯބިކުރާ ގިނަބައެއްްގެ ނުރުހުމާއި ފާޑުކިޔުންތައް އަބަދުވެސް އޭނާއަށް އަންނަނީ އަމާޒުވަމުންނެވެ.

އެގޮތުން، މިފަހުން އެންމެ ގިނަ މީހުންގެ ނުރުހުމާއި ފާޑުކިޔުންތައް ޝާހްރުކް އަށް އަމާޒުވެގެން ގޮސްފައިވަނީ، މުސްލިމުން އަދާ ކުރާ ނުހަނު މަތިވެރި އަދި މާތް އަޅުކަމެއް ކަމުގައިވާ އުމްރާގެ އަޅުކަން އަދާކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް، ހިންދޫ ދީނުގެ މީހުން އަޅުކަން ކުރަން ހަދާފައިވާ ބޮޑު ފައްޅިއަކަށް ދިޔުމާއި ގުޅިގެންނެވެ.

އުމްރާގެ މަތިވެރި އަޅުކަން އަދާކޮށް، ފޮޓޯތައް އާއްމު ކޮށް، ބައެއް މުސްލިމުންގެވެސް ތައުރީފް އޭނާ ހޯދާފައިވާއިރު، އެއަށްފަހު ބުދަށް އަޅުކަން ކުރުމުން، އުމްރާގެ އަޅުކަން އަދާކުރުމުގެ އެއްވެސް ބޭނުމެއްނެތް ކަމަށް ދީނަށް ލޯބިކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އަދި، އުމްރާގެ އަޅުކަން އަދާކުރުމާއި، އަދި ބުދު ފައްޅިއަށް ގޮސް އަޅުކަން ކުރުމަކީވެސް، ޝާހްރުކް ގެ ކުރިއަށް ނެރެން އޮތް ފިލްމް ޕްރޮމޯޓް ކުރުމަށް އޭނާ ކުރި ކަމެއް ކަމަށާ، އެފަދަ ފާހިޝް، ހަރާމް ކަންކަން ޕްރޮމޯޓް ކުރުމުގެ ގޮތުން، އުމްރާ ފަދަ މަތިވެރި އަޅުކަމެއް އޭނާ ބޭނުން ކުރުމުން ވަރަށް ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ބައެއް މުސްލިމުންވެސް ވަރަށް ބޮޑަށް ތާއިދުކޮށް، އޭނާ އާއި ހެދި "މޮޔަވެގެން" އުޅޭ ޝާހްރުކް އަކީ މުސްލިމެއްގެ ނަމުގައި ހުރި ނަމަވެސް މުސްލިމެއް ނޫންކަން ޢިލްމުވެރިން ވެސް އަންނަނީ ބުނަމުންނެވެ. އެހެނީ، ބުދަށް ސަޖިދަ ޖަހައި ބުދަށް އަޅުކަން ކުރުމަކީ ޝިރުކުގެ ޢަމަލެއް ކަމަށްވާއިރު, އޭނާއަކީ އެފަދައިން، "ދެ ދީނަށް" އުޅޭ މީހެއް ކަމަށް ޚުދު އޭނާވެސް ވަނީ އިއުތިރާފް ވެފައެވެ. އެގޮތުން، އޭނާގެ ހަޔާތާއި ބެހޭގޮތުން ޔޫޓިއުބް ގައިވާ ޑޮކިއުމެންޓްރީ އެއްގައި އޭނާގެ ދުވަހެއް ކުރިއަށްދާ ގޮތް ކިޔައިދީފައިވާ އިރު، މާތް ވެގެންވާ ކީރިތި ޤުރުއާންވެސް އޭނާ ބާއްވާފައި އޮންނަނީ އޭނާ ދިރިއުޅޭ ގޭގައި ހަދާފައިވާ ބުދު ފައްޅީތެރޭގައި ބުދު ކައިރީގައެވެ. އަދި، އޭނާގެ ހުރިހާ ދަރިންނަށް އޭނާ ތަރުބިއްޔަތު ދެމުން ދަނީ "ދެ ދީނަށް" އުޅުމަށް ކަމަށްވެސް އެ ޑޮކިއުމެންޓްރީ ގައި އޭނާ ބުނެފައެވެ.

އެހެންކަމުން، އިސްލާމްދީނަށް ލޯބިކުރާ އެންމެންވެސް މިފަދަ މީހުންގެ ކިބައިން އަމިއްލަ މީހާއާއި، ޢާއިލާ އާއި ރަހުމަތްތެރިންވެސް ރައްކާތެރިކުރުމަކީ ވަރަށްވެސް ބޭނުންތެރި ކަމެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.