ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު ދެ މީހުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު މާލެ ސިޓީން ދެ މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އެ އިދާރާގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލެ ސިޓީގައި ރޭ ހިންގި އޮޕަރޭޝަނެއްގައި ގިނައަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓުން ރޭ ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ، އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ އެ މީހުން ދުއްވި ކާރު ސިނަމާލެ ބްރިޖުމަތިން ހުއްޓުވައި ބަލައި ފާސްކުރިއިރު 264 ފުޅި ބަނގުރާ ފެނުމާ ގުޅިގެން ކަމަށެވެ.
ޑްރަގް އެންފޯސްމަންޓުން މި މައްސަލަދަނީ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް